logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދަގަނޑޭ އެނބުރި ނިއުރޭޑިއަންޓްގެ ޖޯޒީގައި ގަލޮޅުދަނޑުން ފެނުމުގެ ވަގުތު ކައިރިވެއްޖެ

އަބްދުﷲ ޣާނިމް
15 ޑިސެމްބަރު 2025 - 18:06
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ ޓީމު
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ ޓީމު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަނިޔާއިން އެނބުރި އައިސް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސްކޮޑާއެކު ޕްރެކްޓިސްކުރަން ފަށައިފިއެވެ. މިއީ ދަގަނޑޭގެ ކުޅުން ގަލޮޅުދަނޑުން އަލުން ދެކެން ކެތްމަދުވެފައިވާ އެތައް ސަޕޯޓަރުންނަށް، ޚާއްސަކޮށް ނިއުރޭޑިއަންޓްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށްވެސް އުފާވެރި ޚަބަރެކެވެ.

އުމުރުން 39 އަހަރުގެ ރާއްޖޭގެ ކުރީގެ ގައުމީ ކެޕްޓަން އެންމެ ފަހުން ރަސްމީ މެޗެއް ކުޅުނީ 2023 ވަނަ އަހަރުގެ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެ ޓީމަށް ދެ މެޗު ކުޅެދިނުމަށްފަހު އަނިޔާގެ ސަބަބުން އޭނާ ދަނޑުން ދުރުވިއެވެ. އޭގެ ފަހުން ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު މިހާރު އޭނާ އަންނަނީ ފިޓްނަސް ހާސިލުކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިއުގެ ކުރީގެ ކެޕްޓަން ދަގަނޑޭ އެނބުރި ޓީމާ ގުޅުނުކަން މީގެ ހަ މަސްކުރިން އިޢުލާނުކުރިނަމަވެސް، މިހާތަނަށް މި ސީޒަނުގައި އަނިޔާގެ ސަބަބުން ނިއުގެ ޖޯޒީގައި އަޝްފާޤު ފެނިފައެއް ނުވެއެވެ. ނިއު ރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް އައިސްފައިވާއިރު، އަޝްފާޤު އޭނާގެ އެންމެ ކާމިޔާބު ކްލަބްގެ ޖޯޒީގައި ގަލޮޅުދަނޑުގައި ކުޅޭތަން ދެކެން ގިނަ ސަޕޯޓަރުން އިންތިޒާރުކުރެއެވެ.

ދަގަނޑޭގެ ފުޓްބޯޅަ ކެރިއަރު ފެށިފައިވަނީ 2001 ވަނަ އަހަރު ކްލަބް ވެލެންސިއާއިންނެވެ. އޭނާ ވަނީ ތިން ފަހަރެއްގެ މަތީން ނިއު ރޭޑިއަންޓަށް ކުޅެފައެވެ. އެންމެ ފުރަތަމަ ނިއުއަށް ކުޅުނީ 2006-2007 ގައެވެ. ދެވަނަ ފަހަރަށް 2012-2013 ގައި ނިއުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އެންމެ ފަހުން ނިއުގެ ޖޯޒީގައި ދަގަނޑޭ ފެނުނީ 2017-2018 ގައެވެ. އޭނާ ވަނީ 2012 ވަނަ އަހަރު ނިއުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.

ގައުމީ ޓީމުގައި ދަގަނޑޭ އެންމެ ފަހުން ކުޅުނީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި ބޭއްވި އެކުވެރިކަމުގެ މުބާރާތުގައެވެ. ނިއު ރޭޑިއަންޓާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ދަގަނޑޭ، އަނިޔާއިން ރަނގަޅުވެ ޕްރެކްޓިސްތައް ފަށާފައިވާއިރު، އޭނާ އަލުން ދަނޑުމައްޗަށް ނިކުންނާނެ ދުވަހަކަށް ފުޓްބޯޅަ ދެކޭ އެންމެން ވެސް އިންތިޒާރުކުރަމުންދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ދެގޯލާއެކު ނިއުއަށް މުހިންމު މޮޅެއްކުޅިވަރު | 25 ދުވަސް ކުރިންނިއު އާއި އޮޑި އެއްވަރުވެ، މާޒިޔާއަށް ލީގުގެ ކޮންޓްރޯލް އެއްކޮށް ލިބިއްޖެކުޅިވަރު | މަހެއް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | މަހެއް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | މަހެއް ކުރިން