logo
Bank of Maldives

Bank of Maldives

ވިޔަފާރި

11 މަސް ތެރޭ ގްރީން ޓެކުހުގެ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ޢައްފާން މުޙައްމަދު
16 ޑިސެމްބަރު 2025 - 06:45
11 މަސް ތެރޭ ގްރީން ޓެކުހުގެ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ނިމެމުން މިދާ 2025 ވަނަ އަހަރުގެ 11 މަސް ދުވަސް ފާއިތުވެގެން ދިޔައިރު، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ގްރީން ޓެކުހުގެ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރ މަހާއި ހަމައަށް 2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %109.3 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 971 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ މި މުއްދަތުގައި ލިބުނު އާމްދަނީގެ %6.9 ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މިއީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން އައިސްފައިވާ އިތުރުވުމެކެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2،106،122 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިން ޗުއްޓީ ހޭދަކުރިގޮތަށް ބަލާލާއިރު ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކޮށްފައި ވަނީ 1،556،102 ފަތުރުވެރިންނެވެ. ގެސްޓު ހައުސްތަކުގައި 457،508 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ސަފާރީތަކުގައި 44،579 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން 54،661 ފަތުރުވެރިން ހޮޓެލްގައި ޗުއްޓީ ހޭދަކުރިއިރު އެހެނިހެން ތަންތަނުގައި 1،861 ފަތުރުވެރިން ޗުއްޓީ ހޭަދަކޮށްފައިވެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

11 މަސް ތެރޭ ގްރީން ޓެކުހުގެ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާވިޔަފާރި | 4 ގަޑިއިރު ކުރިންމިދިޔަމަހު ގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިޔަނަށްޚަބަރު | 2 ދުވަސް ކުރިންޑޮލަރުން ލިބުނު އާމްދަނީ 38.5 އިންސައްތަ އިތުރުވެއްޖެޚަބަރު | މަހެއް ކުރިންްގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 105 އިންސައްތަ އިތުރުވެއްޖެޚަބަރު | 2 މަސް ކުރިން