logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލައިބީރިއާގެ ހެވަން އިލެވަންގެ ކެޕްޓަން ޔާޔާ ބިލިޓީ، ނިއުރޭޑިއަންޓަށް

ޢައްފާން މުޙައްމަދު
16 ޑިސެމްބަރު 2025 - 06:57
ލައިބީރިއާގެ ހެވަން އިލެވަންގެ ކެޕްޓަން ޔާޔާ ބިލިޓީ، ނިއުރޭޑިއަންޓަށް

ލައިބީރިއާގެ ފުރަތަމަ ޑިވިޝަނުގެ ފާހަގަކޮށްލެވޭ ކުލަބެއް ކަމުގައިވާ ހެވަން އިލެވަންގެ ކެޕްޓަންކަން ކުރަމުން އައި އަބްދުﷲ ޔާޔާ ބިލިޓީ، ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ.

އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ޔާޔާ އަކީ ލައިބީރިއާ ލީގުގައި އެންމެ ވިދުންގަދަ އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2023/2024 ވަނަ ސީޒަނުގައި ލީގުގެ އެމްވީޕީ (މޯސްޓް ވެލިއުބަލް ޕްލެޔަރ) ގެ އެވޯޑު ވެސް ހާސިލްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލައިބީރިއާގެ ގައުމީ ޓީމަށް ވެސް ކުޅޭ ޔާޔާ ވަނީ، އެފްރިކާ ފުޓުބޯޅައިގެ ފާހަގަކޮށްލެވޭ ގައުމުތަކާ ދެކޮޅަށް ކުޅެ ލަނޑު ވެސް ޖަހާފައެވެ. އެގޮތުން ގައުމީ ޓީމަށް ޔާޔާ ޖަހައިދިން ފުރަތަމަ ލަނޑަކީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު، ދުނިޔޭގެ ފުޓުބޯޅައިގެ ވިދުންގަދަ ތަރި، ސަޑިއޯ މާނޭ ވެސް އެ ގައުމަކަށް ނިސްބަތްވާ ސެނެގާލްއާ ދެކޮޅަށް ކުޅެ ޖެހި ލަނޑެކެވެ.

2015 ވަނަ އަހަރު ލައިބީރިއާގެ ކެއިޓްރެސްއިން ސީނިއަރ ކެރިއަރު ފެށި ޔާޔާ ވަނީ އެ ގައުމުގެ ބަރަކް ވައިސީއާއި ބީ މައުންޓަން އަށް ވެސް ކުޅެފައެވެ. އޭނާ ހެވަން އިލެވަންއާ ގުޅުނީ 2023 ވަނަ އަހަރުއެވެ.

ނިއުރޭޑިއަންޓުން ބިދޭސީ މިޑްފީލްޑަރެއްގެ ސޮއި ހޯދާފައިވާއިރު، އެ ޓީމުން އަންނަނީ ޓީމުގެ ސްކޮޑު ވަރުގަދަކުރުމުގެ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގައި އެ ޓީމުން ވަނީ މިފަހަރުގެ ޓްރާންސްފަރ ވިންޑޯގައި، ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު މުޙައްމަދު ފައިސަލްއާއި ގޯލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޭދަފުށީގެ މުޙައްމަދު ފާސިރު (ފާއްޓޭ)ގެ ސޮއި ވެސް ހޯދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ދެގޯލާއެކު ނިއުއަށް މުހިންމު މޮޅެއްކުޅިވަރު | މަހެއް ކުރިންނިއު އާއި އޮޑި އެއްވަރުވެ، މާޒިޔާއަށް ލީގުގެ ކޮންޓްރޯލް އެއްކޮށް ލިބިއްޖެކުޅިވަރު | މަހެއް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | މަހެއް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | މަހެއް ކުރިން