logo
މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ކުޅިވަރު

ނިއު އާއި އޮޑި އެއްވަރުވެ، މާޒިޔާއަށް ލީގުގެ ކޮންޓްރޯލް އެއްކޮށް ލިބިއްޖެ

އަބްދުﷲ ޣާނިމް
6 ޖެނުއަރީ 2026 - 16:12
ފޮޓޯ: ނިއުރޭޑިއަންޓް މީޑިއާޓީމް
ފޮޓޯ: ނިއުރޭޑިއަންޓް މީޑިއާޓީމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމާއެކު، ލީގު ތަށި ދިފާއުކުރުމުގެ ފުރުސަތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަރަށް ބޮޑަށް ފަހިކޮށްފިއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 0-0 އިން ދެޓީމު އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއަށް ވަނީ 8 ޕޮއިންޓުގެ ބޮޑު ލީޑެއް ލިބިފައެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ ފަސް މެޗު އޮތްއިރު، މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 37 ޕޮއިންޓާއެކުއެވެ. މެޗުން އެއްވަރުވި އޮޑި ސްޕޯޓްސް 29 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ނިއު ރޭޑިއަންޓް ތިންވަނައިގައި އޮތީ 24 ޕޮއިންޓާއެކުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ބަލައިގެން ކުޅުނު ތަނެވެ. އެޓޭކިންގް ގޭމެއް ކުޅެން ދެޓީމުންވެސް މަސައްކަތް ކުރި ނަމަވެސް، ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. ނަމަވެސް ދެވަނަ ހާފުގައިވެސް ދެޓީމުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ.

އެގޮތުން ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޮނުވވާލި ގިނ ހަމަލާތައް ކީޕަރުންވަނީ ހުއްތުވާފައެވެ.

މިއީ މިފަހަރުގެ ލީގުގައި ނިއު ރޭޑިއަންޓް އެއްވަރުވި ތިންވަނަ މެޗެވެ. މި ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ އޮޑި ސްޕޯޓްސް ކްލަބެވެ. މި ނަތީޖާއާއެކު ލީގުގެ ގަދަ ހަތަރެއްގެ ވާދަވެރިކަންވެސް ވަނީ ބޮޑުވެފައެވެ. ބުރު ސްޕޯޓްސް 23 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތްއިރު، ވިކްޓަރީ އޮތީ 20 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ލީގުގެ ފުލުގައި އޮތް ޓީމުތަކުގެ މެދުގައިވެސް ވާދަވެރިކަން ބޮޑުއިރު، އީގަލްސް 19 ޕޮއިންޓާއެކު ހަވަނައިގައި، އަދި ޓީސީ 9 ޕޮއިންޓާއެކު ހަތްވަނައިގައި އޮތްއިރު، ރެލިގޭޝަން ޒޯނުގައި އޮތް ގްރީން ސްޓްރީޓްސް އާއި ވެލެންސިއާއަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. ތާވަލުގެ އެންމެ ފުލުގައި ޔުނައިޓެޑް ވިކްޓަރީ އޮތީ 7 ޕޮއިންޓާއެކުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއު އާއި އޮޑި އެއްވަރުވެ، މާޒިޔާއަށް ލީގުގެ ކޮންޓްރޯލް އެއްކޮށް ލިބިއްޖެކުޅިވަރު | ދުވަހެއް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | ދުވަހެއް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | 3 ދުވަސް ކުރިންތިން އަހަރުފަހުން ދަގޭ އެނބުރި ގަލޮޅުދަނޑަށް ނިކުުތްމެޗުގައި ނިއު މޮޅުވެ ތާވާލުގެ ތިންވަނައަށްކުޅިވަރު | 11 ދުވަސް ކުރިން