logo
Bank of Maldives

Bank of Maldives

ޚަބަރު

ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުން ޙަރާމް: ފަތުވާ މަޖިލީސް

އިސްމާޢިލް ރާތިޢު
16 ޑިސެމްބަރު 2025 - 11:31
ފޮޓޯ: ހުރާ ކައުންސިލް
ފޮޓޯ: ހުރާ ކައުންސިލް

ހަނދާނީ ބިނާތައް ނުވަތަ މޮނިއުމެންޓުތައް އިންސާނުންނާއި ދިރޭ ތަކެތީގެ ސޫރަ ސިފަވާ ގޮތަށް ފަރުމާކޮށް ބައްޓަންކުރުމާއި އެ ތަކެތި ބެހެއްޓުމަކީ ޙަރާމްކަމެއް ކަމަށް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި، މައްކާ ފަތަޙަކުރެއްވި ދުވަހު ކީރިތި ރަސޫލާ، ލާތަ އާއި ޢުއްޒާއާއި މަނާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވިކަމަށާއި އަދި ޞަޙާބީން ވެސް އެފަދަ ތަކެތި ނައްތާލެއްވުމަށް ސަމާލުކަން ދެއްވިކަން ފަތުވާގައި ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރާނަ އެކުލެވޭ ތަކެތީގެ ސޫރަ ހަދާ މީހުންނަށް ޢަޛާބު ލިބޭނެކަމަށް ކީރިތި ރަސޫލާގެ ޙަދީޘްކުރެއްވި ބަސްފުޅު ހިމަނޭގޮތަށް ނެރުނު ފަތުވާގައި، الله އަށް ޝަރީކުކުރުމަށް މަގުފަހިވާނެ އަމަލުތައް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްނޫން ކަން ފާހަގަކޮށްފައިވެއެވެ. ބުދު ހެދުމާއި ބެހެއްޓުމަކީ ޙަރާމް ކަމެއްކަން ޢިލްމުވެރިންގެ އިޖުމޢުން ސާބިތުވާކަމަށް ފަތުވާގައި ބުނެފައިވެއެވެ.

ފަތުވާ މިޖިލީހުން މިފަދައިން ފަތުވާ ނެރެފައިވާއިރު، ކ. ހުރާގެ ބަނދަރުމަތީގައި އެރަށުގެ ނަމާއި ރަތް ކުލައިގެ ކަކުންޏަކާއި މާކަނާއެއް ފެންނަ ބިނާއެއް ހަދަމުން ދަނިކޮށް، އެ ބިނާއަށް ވަނީ މިދިޔަ އޮގަސްޓް މަހު ގެއްލުން ދީފައިވާކަން ފާހަގަކުރެވެއެވެ.

ހަތަރު ލައްކައެއްހާ ރުފިޔާ ޚަރަދުކޮށް ހަދަމުން ދިޔަ ބިނާއަށް ގެއްލުންދިން މައްސަލަ ހުރާ ކައުންސިލުން ފުލުހަށް ހުށަހަޅާފައިވެސް ވެއެވެ.

ހުރާގައި ތައްޔާރުކުރަމުން ދިޔަ އެ ބިނާއަށް ބައެއް އާންމުން ފާޑުކިޔާފައިވެސް ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުން ޙަރާމް: ފަތުވާ މަޖިލީސްޚަބަރު | 10 ގަޑިއިރު ކުރިންޙައްޖަށް ދިޔުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލިސްޚަބަރު | 5 މަސް ކުރިންއިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަ: ފަތުވާ މަޖިލިސްޚަބަރު | 5 މަސް ކުރިން