logo
Bank of Maldives

Bank of Maldives

ޚަބަރު

ސުތުރާގެ ގޮތުގައި ހާއްސަަ އެއްޗެހި ހަދާފައި ބެހެއްޓުން ރަނގަޅެއް ނޫން: ފަތުވާ މަޖިލީސް

އިސްމާޢިލް ރާތިޢު
19 ޑިސެމްބަރު 2025 - 05:24
ސުތުރާގެ ގޮތުގައި ބޭނުންކުރުމަށް މިސްކިތެއްގައި ބަހައްޓާފަ ހުރި އެއްޗެހިތަކެއް- ފޮޓޯ: ޝައިޚް ޒަމްޒަމް ފާރިޝްގެ ފޭސްބުކް
ސުތުރާގެ ގޮތުގައި ބޭނުންކުރުމަށް މިސްކިތެއްގައި ބަހައްޓާފަ ހުރި އެއްޗެހިތަކެއް- ފޮޓޯ: ޝައިޚް ޒަމްޒަމް ފާރިޝްގެ ފޭސްބުކް

ނަމާދުކުރާއިރު ސުތުރާގެ ގޮތުގައި ހިފުމަށް ވަކިން ހަދާފައިވާ ތަކެތި މިސްކިތްތަކުގައި ބެހެއްޓުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫންކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

ލަކުނޑި ނުވަތަ ޕްލާސްޓިކް ފަދަ ތަކެތިން ހަދާފައި ހުންނަ ތަކެތި، މިސްކިތްތަކުގައި ސުތުރާގެ ގޮތުގައި ބަހައްޓާފައި ހުންނާތީ އެކަމުގެ ހުކުމް ބަޔާންކޮށްދިނުމުގެ ގޮތުން ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ބުނެފައިވަނީ ސުތުރާ ބޭނުން ކުރުމާއި ސުތުރާގެ ގޮތުގައި ވަކިން ހާއްސަ އެއްޗެއް ހަދައިގެން ބޭނުން ކުރުންމަކީ ތަފާތު ދެކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސުތުރާގެ ހުކުމާ ގުޅޭގޮތުން ފަތުވާގައި ބުނެފައިވަނީ، ގިނަ ފިގުހު އިލްމުވެރިންގެ އަރިހުގައި އެއީ ސުންނަތެއް ނަމަވެސް ފަހުގެ ބައެއް އިލްމުވެރިން، އެއީ ވާޖިބެއް ކަމަށްވެސް ވިދާޅުވާ ކަމަށެވެ.

ފަތުވާގައި ބުނެފައިވަނީ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައި ވީއިރުވެސް އެކަމަށް ހާއްސަ އެއްޗެއް ބަހައްޓާފައި ނުވާ ކަަމަށާއި ނަމަވެސް މިސްކިތުން ބޭރުގައި ނަމާދު ކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ސާބިތުވާ ކަމަށެވެ. އެހާލަތުގައިވެސް ބޭނުންކުރައްވާފައި ވަނީ އެކަމަށް ހާއްސަ އެއްޗެހި ނޫންކަމަށާއި އެހެން ކަންކަމަށްވެސް ބޭނުންކުރައްވާ ތަކެތިކަމަށް ފަތުވާގައި ބުނެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރު ސުތުރާގެ ގޮތުގައި ބޭނުންކުރެއްވި ކަމަށް ފަތުވާގައި ބުނެފައިވަނީ، ފާރު، އަސާ، މީހުން، ތަންމަތި، އެނދު، ދުނި ނުވަތަ ތީރު، ސަވާރ،ީ އަސްދާނުގޮނޑ،ި ގަސް ފަދަ ތަކެއްޗެވެ.

ފަތުވާގައި ބުނެފައިވަނީ، މިސްކިތް ތެރޭގައި ވަކި ހާއްސަ އެއްޗެއް ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައަކަށް ވުމުން މި މައްސަލައަކީ ވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އިލްމުވެރިންގެ ތެރެއިން އެއްބަޔަކު ދެކެވަޑައިގަންނަވަނީ މިކަމަކީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް އިލްމުވެރިންގެ ތެރެއިން އަނެއްބަޔަކު މިކަން މަނާކުރައްވަ އެވެ.

ރަސޫލާގެ ޒަމާނުގައި ސުތުރާގެ ގޮތުގައި ހާއްސަ އެއްޗެއް ބޭނުންކުރައްވާފައި ނުވާއިރު، އެ ދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާއަށް ބޭނުންކޮށްފައިވަނީ ވެސް އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމަށް ފަތުވާގައި ބުންޏެވެ. ސުތުރާއަށް ހަދާފައިވާ ހާއްސަ އެއްޗެއް ނޫނެވެ.

ފަތުވާ މަޖިލީހުން މިފަދައިން ފަތުވާ ނެރެފައިވަނީ، ދީނީ ޢިލްމުވެރިޔާ ޒަމްޒަމް ފާރިޝްވެސް މިކަމާގުޅޭގޮތުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޝައިޚް ޒަމްޒަމް، މީސްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކޮންމެ މިސްކިތެއްގައިހެން ގިނަ އަދަދަކަށް ނަމާދުގޮނޑި ހުންނައިރު، ލަކުޑިންނާއި، ޕްލާސްޓިކުން އެކި ފާޑުފާޑުގެ ޑިޒައިންތަކަށް ސުތުރާގެ ނަމުގައި މިފަދަ އެއްޗެހި ބެހެއްޓުމަކީ ސުންނަތާ ގާތް ގޮތެއް ނޫންކަމަށާއި މިއީ ހުއްޓާލަންޖެހޭ ކަމެއް ކަމަށެވެ. ސުތުރާގެ ނަމުގައި ވަކި އެއްޗެއް ހަދައިގެން މިސްކިތުގައި ގެންގުޅުމަކީ ނަބިއްޔާ صلى الله عليه وسلم ކުރެއްވި ކަމެއް ނޫންކަމަށާއި އެކަލޭގެފާނު ސުތުރާގެ ގޮތުގައި ބޭނުންކުރެއްވީ އެވަގުތަކު ފަސޭހައިން އަތުޖެހެން އޮތް އެއްޗެއް ނުވަތަ ފާރުތަކާއި ތަނބުތައް ކަމަށް ޝައިޚް ޒަމްޒަމް ވިދާޅުވިއެވެ.

ޝައިޚް ޒަމްޒަމް ވިދާޅުވީ މިފަދަ އެއްޗެހި މިސްކިތްތަކުގައި ބޭނުންކުރަން ފެށުމާއެކު އެއްވެސް ތަރުތީބެއް ނެތި، މިސްކިތު މެދުގައި ހުރެފައި ވެސް ސުތުރާބޯޑު ބަހައްޓާލާފައި ނަމާދުކުރުން އާންމުކަމަށް ވާން ފަށައިފި ކަމަށާއި އޭގެ ސަބަބުން މިސްކިތްތަކަކީ އެއްވެސް ނިޒާމެއް ނެތް ތަނެއް ކަމުގައި ސިފަވާން ޖާގަ ހުޅުވިއްޖެކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުތުރާގެ ގޮތުގައި ހާއްސަަ އެއްޗެހި ހަދާފައި ބެހެއްޓުން ރަނގަޅެއް ނޫން: ފަތުވާ މަޖިލީސްޚަބަރު | 3 ގަޑިއިރު ކުރިންދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުން ޙަރާމް: ފަތުވާ މަޖިލީސްޚަބަރު | 3 ދުވަސް ކުރިންޙައްޖަށް ދިޔުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލިސްޚަބަރު | 5 މަސް ކުރިންއިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަ: ފަތުވާ މަޖިލިސްޚަބަރު | 5 މަސް ކުރިން