logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ފައިސާގެ އިނާމު 50 އިންސައްތަ އިތުރުކުރަން ފީފާއިން ނިންމައިފި

އާމިނަތު ޝަފާ
17 ޑިސެމްބަރު 2025 - 18:48
އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ފައިސާގެ އިނާމު 50 އިންސައްތަ އިތުރުކުރަން ފީފާއިން ނިންމައިފި

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އިނާމަށް 50 އިންސައްތަ އިތުރުކުރަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.

ވޯލްޑް ކަޕުގެ މެޗުތައް އަންނަ އަހަރު ބާއްްވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުގައި ފައިސާގެ އިނާމުގެ ގޮތުގައި 727 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50 މިލިއަން ޑޮލަރު، ރަނަރަޕް ޓީމަށް 33 މިލިއަން ޑޮލަރު މުބާރާތުގެ ގްރޫޕް ސްޓޭޖުން ކުރިއަށް ނުދެވޭ ޓީމުތަކަށް 9 މިލިއަން ޑޮލަރުވަނީ ކަނޑައަޅާފައެވެ.

އަދި މުބާރާތަށް ކޮލިފައިވާ ކޮންމެ ޓީމަކަށް ތައްޔާރުވުމުގެ ޚަރަދުތައް ކަވަރުކުރުމަށް 1.5 މިލިއަން ޑޮލަރު ދިނުމަށްވެސް ފީފާއިން ވަނީ ނިންމާފައެވެ.

މުބާރާތުގެ ފައިސާގެ އިނާމު ބޮޑުކުރަން ނިންމާފައިވާއިރު މުބާރާތުގައި ޓިކެޓުތައް ވިއްކާ އަގު ބޮޑުކަމަށް ބުނެ ފީފާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ފީފާއިން އަންދާޒާ ކުރާ ގޮތުގައި މި މުބާރާތުން އެންމެ މަދުވެގެން 10 ބިލިއަން ޑޮލަރު (7.4 ބިލިއަން ޕައުންޑު) ގެ އާމްދަނީއެއް ލިބޭނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ފައިސާގެ އިނާމު 50 އިންސައްތަ އިތުރުކުރަން ފީފާއިން ނިންމައިފިކުޅިވަރު | 20 ގަޑިއިރު ކުރިން