logo
Bank of Maldives

Bank of Maldives

ޚަބަރު

މުދައްރިސުންނަކީ އުށްބައްތިއެއްފަދަ ބައެއް، ކުރިއަށްދަނީ އެ އަލިކަމުގެ ތެރެއިން: ރައީސް

އާމިނަތު ޝަފާ
5 އޮކްޓޯބަރު 2024 - 07:04
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ ---ފޮޓޯ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ ---ފޮޓޯ ރައީސް އޮފީސް

ކޮންމެ މުދައްރިސަކީ އުށްބައްތިއެއްފަދަ ބައެއްކަމަށާއި ކޮންމެ މީހަކުވެސް ކުރިއަށްދަނީ އެ އަލިކަމުގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުވަހުގެ ތަހުނިޔާ އެންމެހައި މުދައްރިސުންނަށް އަރިސްކުރައްވައި ރައީސް ވިދާޅުވީ މުދައްރިސުންނަކީ އުށްބައްތިތަކެފަދަ ބައެއްކަމަށާއި، އުށްބައްތި އެހެން މީހުންނަށް އަލިކުރުމަށްޓަކައި ވިރިގެންދާކަމަށް ވިދާޅުވެފައެވެ.

އޭގައިވާ ހުޅުކޮޅުން އެތައް ހާސް ބައްތިއެއް ދިއްލާލެވިގެންދާނެއެވެ. ކޮންމެ މީހަކު އެ އަލިކަމުގެތެރޭން އަމިއްލައަށް ކުރިއަށް ދިއުމަށްޓަކައެވެ - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މިއަދު ބޭއްވި ރާއްޖެ އިސްލާމްވި ދުވަހުގެ ހާއްސަ ޖަލްސާގައިވެސް ރައީސްވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހައި މުދައްރިސުންނަށާއި ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް އަރިސްކުރައްވާފައެެވެ.

ރައީސް ވިދާޅުވީ މި ރާއްޖެ ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުން ބިނާކުރަން ބޭނުންކަން ތަކުރާރުކޮށް ވިދާޅުވަމުންގެނަދަވާކަމަށެވެ.

އިންސާނިއްޔަތާއި، އަޚްލާޤާއި، މާނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގަންނަވަން ބޭނުން. މި ކަމުގައި ތިޔަ ހުރިހައި މުދައްރިސުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުން. ދިވެހި ދަރީން، ދިވެހި ޤައުމިއްޔަތަށް އަހުލުވެރިކޮށްދެއްވާ! ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ޒީނަތްތެރިކޮށްދެއްވާ. މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގެ ޝައުޤާއި ޤާބިލުކަން އަށަގަންނަވައިދެއްވާ. ހަމަ އެހެންމެ، މި ކަމުގައި ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އެއްބާރުލެއްވުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަމަށްޓަކައި އަޅުގަނޑުމެން އާރާސްތުކުރަން ޖެހޭ އަޚްލާޤީ އެތައް ބިނާއެއް އެބަހުރި. އަޅުގަނޑުމެން ދިއްލަންޖެހޭ އެތައް ވޮށެއް، ރޯކުރަންޖެހޭ އެތައް ދަންމަރެއް އެބަހުރި.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙީ އޮނިގަނޑުތައް ދެމެހެއްޓުމަށް، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް: ރައީސްޚަބަރު | 8 ގަޑިއިރު ކުރިން ފުޓްސަލް ދަނޑެއް ނެތް ދިއްދޫގައި ދަނޑެއް ތަރައްގީކޮށްދިނީ މި ސަރުކާރުން، ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ޚަބަރު | 16 ގަޑިއިރު ކުރިންއިޙްތިރާމް ކުރުން އަށަގެންނެވުމުގެ ޤައުމީ ކެމްޕެއިން: ދިވެހި ޤައުމިއްޔަތު ދިރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްރިޕޯޓް | ދުވަހެއް ކުރިންޑރ. ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިން