logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭސް3 ގެ ގޯތިތަކުގެ ގުރުލުން ހޮނިހިރު ދުވަހު ފަށަނީ

އައިޝަތު ނަޝާ
18 ޑިސެމްބަރު 2025 - 13:30
ފޭސް3 ގެ ގޯތިތަކުގެ ގުރުލުން ހޮނިހިރު ދުވަހު ފަށަނީ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގުރުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ޖަހާއިރު ކަމަށާއި، ގުރުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލު ހޯލުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް މިނިސްޓްރީން ބުނި ގޮތުގައި، ގުރު ނަގާނީ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ހާޒިރުވާ މީހުންގެ ކުރިމަތީ، މިނިސްޓްރީގެ މުވައްޒަފުންނެވެ.

އެހެންކަމުން އެ ވަގުތު ހޯލަށް ވަދެވޭނީ އެ ގޯއްޗެއް ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދިގުރުނަގަން އަންނސއިރު ކޮންމެ ބޭފުޅަކުވެސް އެމީހެއްގެ އައިޑީ ކާޑު ގެންނަން ވާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އެ މިނިސްޓްރީން ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލުން މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާއިރު މިހާރު ވަނީ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 31.5 ހެކްޓަރު ހިއްކައި ނިންމައިފައެވެ. ކުރިއަށް އޮތް ދޮޅު މަހެއްގެ ތެރޭ އެ މަސައްކަތް ނިމޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލުން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ ފަހުކޮޅުގައި ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް3 އަކުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުން މިއަދު ހަވީރު!ޚަބަރު | ގަޑިއިރެއް ކުރިން ފޭސް 3 ހިއްކައި ނިންމާލައިފިޚަބަރު | 2 މަސް ކުރިންފޭސް 3ގެ 49 ހެކްޓަރު ބިން ހިއްކާ ނިމިއްޖެޚަބަރު | 3 މަސް ކުރިންފޭސް3 ގެ ގޯތިތަކުގެ ގުރުލުން ހޮނިހިރު ދުވަހު ފަށަނީޚަބަރު | 3 މަސް ކުރިން