logo
Bank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީންގެ ޢުދުވާނުތަކަށް ފަސްއަޅަން ދެކޮޅުހެދުމުން އައިސީސީގެ ޖަޖުންތަކަކަށް އެމެރިކާގެ ފިއްތުންތަކެއް

އިސްމާޢިލް ރާތިޢު
19 ޑިސެމްބަރު 2025 - 04:40
އައިސީސީގެ ހެޑް އޮފީސް- ފޮޓޯ: ރޮއިޓާސް
އައިސީސީގެ ހެޑް އޮފީސް- ފޮޓޯ: ރޮއިޓާސް

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ "ދިފާޢީ" ވަޒީރާ ދެކޮޅަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރު ދަމަހައްޓަން ހުކުމްކުރި ދެ ޖަޖުންނަށް އެމެރިކާއިން ފިއްތުން ކުރިމަތިކުރުވަން ފަށައިފިއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މާކޯ ރޫބިއޯ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފިއްތުންތަކަކީ ޔަހޫދީންގެ "ހުއްދައާ ނުލާ"، އެމީހުންގެ ބަޔަކު ހައްޔަރުކުރުމަށް، ނުވަތަ ހިފެހެއްޓުމަށް، ނުވަތަ އެމީހުނާ ދެކޮޅަށް ދަޢުވާކުރުމަށް، ނުވަތަ އެމީހުނާ ގުޅޭ މައްސަލައެއް ތަހުގީގުކުރުމަށް އައިސީސީން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވެފައިވުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ރޫބިއޯ ވަނީ، ޑިސެމްބަރު 15 ވަނަ ދުވަހު އޮތް މި މައްސަލައިގެ އަޑުއެހުމުގައި މިދެ ފަނޑިޔާރުން "މެޖޯރިޓީއާ އެއްކޮޅަށް" ވޯޓުދެއްވާފައިވާތީ އެކަންވެސް ކުށްވެރިކޮށްފައެވެ. މި ބަޔާނުގައި ރޫބިއޯ އިތުރަށް ބުނެފައިވާ ގޮތުގައި އައިސީސީން އަންނަނީ ޔަހޫދީންނަށް "ޓާގެޓުކޮށްގެން" ސިޔާސީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި އައިސީސީގެ މި އަމަލުތަކުގެ ސަބަބުން ހުރިހާ ގައުމެއްވެސް ނުރައްކަލަށް ހުށަހެޅުފައިވާކަމަށް ރޫބިއޯގެ ބަޔާނުގައި ބުނެފައިވެއެވެ.

މިނޫނަސް އެމެރިކާއިން އަންނަނީ ޔަހޫދީންނާ ދެކޮޅަށް ހުކުމްކުރާ އައިސީސީގެ ކޮންމެ ޖަޖަކަށް މާލީގޮތުންނާ، އެހެނިހެންވެސް ގޮތްގޮތުން އެތަކެއް ފިއްތުންތަކެއް ކުރިމަތިކުރަމުންނެވެ. އެގޮތުން މިއަހަރުގެ ފެބްރުވަރީ މަހުވެސް އެކޯޓުން އެމެރިކާއާއި އެގައުމުގެ އައުވާނުނާ ދެކޮޅަށް ކުރަމުންދިޔަ ތަހުގީގެއްގައި ބައިވެރިވި އެންމެންގެ މައްޗަށް މިފަދަ ފިއްތުންތަކެއް ކުރިމަތިކުރުވާފައި ވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ޑޮނަލްޑް ޓްރަމްޕުގެ ވައިޓް ހައުސްއިން އަންނަނީ ކިރިޔާވެސް އެމީހުން ނުރުހޭ ގޮތަކަށް ހުކުމެއްކުރާ ފަނޑިޔާރަކަށް، ނުވަތަ ވަކާލާތުކުރާ ވަކީލަކަށް މިފަދަ އެތައް ފިއްތުމެއް ކުރިމަތިކުރަމުންނެވެ.

އެގޮތުން ބަލާއިރު، މިދިޔަ ޖޫން މަހު ވައިޓް ހައުސްއިން ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ދެ އޮފިޝަލަކާ ގުޅޭ ތަހުގީގެއްގައި ބައިވެރިވި ދެ ޖަޖެއްގެ އިތުރުން ނަތަންޔާހޫ އާއި އޭނާގެ "ދިފާޢީ" ވަޒީރާ ދެކޮޅަށް ހައްޔަރުކުރުމުގެ އަމުރު އެންމެ ފުރަތަމަ ނެރުނު ދެ ފަނޑިޔާރުންނާ ދެކޮޅަށްވެސް މިފަދަ ފިއްތުންތަކެއް ކުރިމަތިކޮށްފައެވެ.

އެމެރިކާއިން އަންނަނީ، ޔަހޫދީން ފަލަސްޠީނުގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ފެށުނީންސުރެ ފުރިހަމައަށް ވާގިވެރިވަމުންނެވެ. މިކަމަށްޓަކައި އެމެރިކާއިން ވަނީ ޔަހޫދީންނަށްް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރުގެ އިތުރުން ފައިސާގެ އެހީތެރިކްނަވެސް ފޯރުކޮށްދީފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ޢުދުވާނުތަކަށް ފަސްއަޅަން ދެކޮޅުހެދުމުން އައިސީސީގެ ޖަޖުންތަކަކަށް އެމެރިކާގެ ފިއްތުންތަކެއްދުނިޔެ | 4 ގަޑިއިރު ކުރިންހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ހުށަހެޅުމުން އައިސީސީން ދެކޮޅުހަދައިފިދުނިޔެ | 3 ދުވަސް ކުރިން