logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައި

އައިޝަތު ނަޝާ
19 ޑިސެމްބަރު 2025 - 15:19
ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަަންނަ އަހަރުގެ ޖެނުއަރީ 30 ގައި ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން ހިއްސާކޮށްފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޕްރައިމަރީ، ޓައިމްލައިން 2026ގައި ވާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ އޮންނާނީ، ޖެނުއަރީ 30 ވާ ހުކުރު ދުވަހުގެ މެންދުރު 14:30 އިން ރޭގަނޑު 8:00 އާއި ހަމައަށެވެ.

ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓު އަންނަ ހޯމަ ދުވަހު އާންމުކުރާ ގޮތަށް ނިންމާފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ މުހުލަތެއް ދިނުމަށްވެސް ވަނީ ނިންމާފައިފައެވެ. ޝަކުވާއަށްފަހު ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ، ވޯޓުލާ މީހުންގެ ލިސްޓު އާންމު ކުރާނީ، އަންނަ އަހަރުގެ ޖެނުއަރީ 8 ގައި ކަމަށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

 

ޓައިމްލައިންގައި ވާގޮތުން 24 ޑިސެމްބަރ 2025ގައި ވޯޓުލާ މަރުކަޒު ބަދަލުކުރުމަށް ހުޅުވާލާއިރު، މިކަމަށް 11 ދުވަހުގެ މުއްދަތެއް ދޭ ގޮތަށް ވަނީ ނިންމާފައެވެ. އެއަށްފަހު 4 ޖަނަވަރީގައި ވޯޓުލާ މަރުކަޒު ބަދަލު ކުރި ފަރާތްތަކުގެ ލިސްޓު ޢާންމު ކުރުމުން ޝަކުވާ ހުށަހެޅުމަށް 3 ދުވަސް ލިބޭނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ދަނީ، މަސައްކަތް ކުރަމުންނެވެ. އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުޞަތު އޮންނާނެ ކަމަށް ޕީއެންސީން މައުލޫމާތުދެއެވެ.

ޕީ.އެން.ސީއިން ބުނީ، ޕާޓީގެ ޕްރައިމަރީގައި ގިނަ އަދަދެއްގެ ކެނޑިޑޭޓުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ، ޕްރައިމަރީގައި ވާދަކުރާނެ ކެނޑިޑޭޓުންގެ ޝަރުތުތައް ހަމަވޭތޯ ބެލުމުގެ މަސައްކަތް ކަމަށްވެސް އެޕާޓީން ބުނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައިޚަބަރު | 3 ގަޑިއިރު ކުރިންއެމްޑީޕީން ތަޖުރިބާ ކުރަމުން އަންނަ އުނދަގޫ ދުވަސްތަކުން އަރައިގަތުމާމެދު ޝައްކެއް ނުކުރަން: ރައީސް ނަޝީދުޚަބަރު | 20 ދުވަސް ކުރިންފައްޔާޒުގެ އިސްތިއުފާ ގުޅިފައިވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ފިތުނައާ ޚަބަރު | މަހެއް ކުރިންއެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިޚަބަރު | މަހެއް ކުރިން