logo
Bank of Maldives

Bank of Maldives

ޚަބަރު

މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުގައި 2 މިލިއަން ރުފިޔާގެ ފަރަގެއް

އާމިނަތު ޝަފާ
5 އޮކްޓޯބަރު 2024 - 12:32
އިހަވަންދޫ
އިހަވަންދޫ

ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ބޭންކް ސްޓޭޓްމަންޓްތަކުން ދައްކާ އަދަދުތަކާ 2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފަރަގެއް ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ އިހަވަންދޫ ކައުންސިލްގެ މާލީ ބަޔާނުން ދައްކާގޮތުގައި 2022 ވަނަ އަހަރު ނިމުނު އިރު ހުރި ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދާއި، އެ އަހަރު ނިމުނުއިރު ހުރި ކައުންސިލް އިދާރާގެ ތިޖޫރީބާކީ އާއި ބޭންކް ސްޓޭޓްމަންޓްތަކުން ދައްކާ އަދަދާ ދެމެދު 2،858،839 (ދެ މިލިއަން އަށް ލައްކަ ފަންސާސް އަށް ހާސް އަށް ސަތޭކަ ތިރީސް ނުވަ) ރުފިޔާގެ ފަރަގުހުއްޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ކައުންސިލުގެ 2022 ވަނަ އަހަރުގެ "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނުގޮތުގެ ބަޔާނު"ގައި އާއްމުދަނީގެ ގޮތުގައި ހިމަނާފައިވާ އަދަދާއި ވިޔަ މޮޑިއުލްގައި އާއްމުދަނީގެ ގޮތުަގއި ހިމަނާފައިވާ އަދަދާ ދެމެދުވެސް 1،544،065 (އެއްް މިލިއަން ފަސް ލައްކަ ސާޅީސް ހަތަރު ހާސް ފަސްދޮޅަސް ފަސް) ރުފިޔާގެ ފަރަގު ހުރިކަމަށް ދައްކައެވެ.

އަދި 2022 ވަނަ އަހަރު "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނުގޮތުގެ ބަޔާނު"ގައި ހަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދާއި ވިޔަ މޮޑިއުލްގައި ހިމަނާފައިވާ އަދަދުގައި 159،134 (އެއް ލައްކަ ފަންސާސް ނުވަ ހާސް އެއްސަތޭކަ ތިރީސް ހަަތަރު) ރުފިޔާގެ ފަރަގުހުރިކަމަށްވެސް އޮޑިޓް ރިޕޯޓުަގއި ވަނީ ފާހަގަކޮށްފައެވެ.

ފަހަކަށްއައިސް ކައުންސިލްތަކުގެ އޮޑިޓް ރިޕޯތުން މައްސަލަތައް ފާހަގަވާތީ އެކަން ރަނގަޅުކުރުމަށް އޮޑިޓް އޮފީހުން އަންނަނީ އިރުޝާދުދެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާރްޑީސީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ބޮޑެތި މައްސަލަތަކެއް!ޚަބަރު | 2 މަސް ކުރިންކަސްޓަމްސްއަށް ލިބެންޖެހޭ 477 މިލިއަން ރުފިޔާ ނުލިބި އޮތްކަން އޮޑިޓް ރިޕޯޓުން ދައްކައިފިޚަބަރު | 2 މަސް ކުރިންއެސްޑީއެފް މެނޭޖުކުރުމުގައި ކުރީ ސަރުކާރުތަކުގެ ބޮޑެތި އިހުމާލުތަކެއްޚަބަރު | 2 މަސް ކުރިންޑައިލިސިސްގެ ޚިދުމަތް ފެށުމަށް ރައީސްގެ އަނބިކަނބަލުން އިހަވަންދުއަށްޚަބަރު | 7 މަސް ކުރިން