logo
Bank of Maldives

Bank of Maldives

ޚަބަރު

ޓާމިނަލް 1 ގެ ސީ ޕްލޭން ފަސިންޖާ ބަސް ހުއްޓިތަކަށް އެހެން އުޅަނދުތައް ނުވަނުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
21 ޑިސެމްބަރު 2025 - 10:14
ޓާމިނަލް 1 ގެ ސީ ޕްލޭން ފަސިންޖާ ބަސް ހުއްޓިތަކަށް އެހެން އުޅަނދުތައް ނުވަނުމަށް އިލްތިމާސްކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1 ގެ ސީ ޕްލޭން ފަސިންޖާ ބަސް ހުއްޓިތަކަށް އެހެން އުޅަނދުތައް ނުވަނުމަށް އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް- އެމްއޭސީއެލްއިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1ގެ އެރައިވަލް ގޭޓް 4 ގެ ދެކުނުގައި އުޅަނދު ފަހަރު މަޑުކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދަކީ ސީޕްލޭން އޮޕަރޭޓް ކުރައްވާ ފަރާތްތަކަށް، ހާއްސަކޮށް، ދަތުރުވެރިން އެރުވުމަށާއި އެމްއޭސީއެލްގެ ސްޓާފް ބަސްތައް ހުއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުކަމަށެވެ.

އެހެންކަމުން މި ނޫން އުޅަނދުތައް މި ސަރަހައްދުގެ ތެރޭގައި އަދި މި ސަރަހައްދަށް ވަދެ ނުކުތުމަށް އުދަނގޫވާ ގޮތަށް ޕާކުކުރުމާއި، މަޑުކުރުމަކީ މަނާ ކަމެއްކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

އެއަރޕޯޓު ތެރޭގައި އުޅުއްވާއިރު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީގެ އޮފިސަރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށް އެކުންފުނިންވަނީއިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގު އިންތިޒާރެއް ނިމުމުގެ ކޮޅުމަތި: ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބޮޑު އިންސައްތައެއް ހިއްކާ ނިމިއްޖެޚަބަރު | 18 ދުވަސް ކުރިންއެމްއޭސީއެލްއިން ޓެކްނޮލޮޖީގެ ކަންކަމަށް ހައްލު ފޯރުކޮށްދޭނެ ބަޔަކު ހޯދަނީޚަބަރު | މަހެއް ކުރިންއެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | މަހެއް ކުރިންބިޔަ މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި: މާލީ ވަޒީރު ޚަބަރު | މަހެއް ކުރިން