logo
Bank of Maldives

Bank of Maldives

ޚަބަރު

ދިގު އިންތިޒާރެއް ނިމުމުގެ ކޮޅުމަތި: ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބޮޑު އިންސައްތައެއް ހިއްކާ ނިމިއްޖެ

އިސްމާޢިލް ރާތިޢު
16 ޖެނުއަރީ 2026 - 04:50
ދިގު އިންތިޒާރެއް ނިމުމުގެ ކޮޅުމަތި: ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބޮޑު އިންސައްތައެއް ހިއްކާ ނިމިއްޖެ

މާލެ ސަރައްހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ހޯދައިދޭނެ މަޝްރޫއެއް ކަމަށްވާ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫގެ ބޮޑު އިންސައްތައެއް ނިމިފައިވާކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

މި މަސައްކަތުގެ އަދާހަމަ ހިއްސާކުރަމުން އެކުންފުނިން ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، މަސައްކަތުގެ 94% އިންސައްތަ މަސައްކަތް (59 ހެކްޓަރު) ވަނީ ނިމިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލެ ފޭސް ތިނަކީ ނިމިދިޔަ ސަރުކާރުން އެތަނުގެ މަސައްކަތް ނުނިންމާ، "ކަނޑު އަޑިން" ގޯތިތަކެއް ބާހާލާފައިވާ ތަނެކެވެ. އެ މަސައްކަތް މަޑުޖެހިފަ އޮއްވާ އެ މަސައްކަތް މި ސަރުކާރުން ހަލުވިކަމާއެކު އަލުން ފެށީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. މަސައްކަތް ކުރިއަށް ގެންދަނީ، ބޮސްކާލިސްގެ 22,000 ސީބީއެމްގެ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެމްއޭސީއެލްއިން ބުނީ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމާލަން ރާވާފައިވާ ދުވެލީގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފަސް ސަރަހައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެގޮތުން، ގުޅީފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލެއިން 1009 ހެކްޓަރު ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރެވެމުން އެބަދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީއައިއޭގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' އެއް ވިޔަފާރި | 7 ދުވަސް ކުރިންގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު އެމްއޭސީއެލްއިން ނިންމާލައިފިޚަބަރު | 2 މަސް ކުރިންވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިޚަބަރު | 2 މަސް ކުރިންވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 2 މަސް ކުރިން