logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލްއިން ޓެކްނޮލޮޖީގެ ކަންކަމަށް ހައްލު ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

އައިޝަތު ނަޝާ
7 ޖެނުއަރީ 2026 - 15:37
އެމްއޭސީއެލްއިން ޓެކްނޮލޮޖީގެ ކަންކަމަށް ހައްލު ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް، "ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާސް" ގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން އިއުލާން ކޮށްފިއެވެ.

އެމްއޭސީއެލުން ކުރި އިއުލާނުގައިވާ ގޮތުން ޓެކްނޮލޮޖީ ސޮލިއުޝަން ޕްރޮވައިޑާއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނީ އެކުންފުނިން އަންގާ ގޮތަކަށެވެ. އެގޮތުން ޓެކްނޮލޮޖީއާ ގުޅުންހުރި ޚިދުމަތްތައް ފަރުމާކޮށް، ބިނާކޮށް އަދި އެ ޚިދުމަތްތައް ފޯރުކޮށްދިނުމާއިއެކު ބެލެހެއްޓުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ޓީމުގައި މަދުވެގެން ފަސް ދިވެހިން ހިމެނުމަށް ވެސް އެމްއޭސީއެލުން ވަނީ ޝަރުތު ކޮށްފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްއޭސީއެލް ގެ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން، އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތަކުގެ އިތުރުން ޕްރޮފައިލް މުވައްޒަފުންގެ ތަފުސީލާއި ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަން ޖެހެއެވެ.

ހަމައެއާއެކު އެމްއޭސީއެލުން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަސައްކަތްތައް ހަވާލު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ 23:59ގެ ކުރިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ ޢަދަދު އިތުރުވަނީޚަބަރު | 3 ދުވަސް ކުރިން އެމްއޭސީއެލް އިން ޖެޓް ފިއުލް ވިއްކާ އަގަށް ބަދަލު ގެނެސްފިޚަބަރު | 5 ދުވަސް ކުރިންރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިޚަބަރު | 19 ދުވަސް ކުރިންޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ ޝަރީފް ޚަބަރު | މަހެއް ކުރިން