logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭސް ދެއެއްގައި ބިނާކުރި ޗާލު މިސްކިތް ހުޅުވުން ހުކުރު ދުވަހު

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޑިސެމްބަރު 2025 - 05:41
ފޭސް ދެއެއްގައި ބިނާކޮށްފައިވާ އައު މިސްކިތް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޭސް ދެއެއްގައި ބިނާކޮށްފައިވާ އައު މިސްކިތް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތްކޮށް ނިމިފައިވާ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އިޢުލާނު ކުރައްވައިފިއެވެ.

 "މަސްޖިދުލް އީމާން" ގެ ނަމުން ނަންދެވިފައިވާ މި މިސްކިތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މިސްކިތަކީ އެއްފަހަރާ 1200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

ތިން ފްލޯއަށް ބިނާކޮށްފައިވާ މި ރީތި މިސްކިތަކީ ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގައި ބިނާކޮށްފައިވާ ތަނެކެވެ.

މިސްކިތްތައް ބިނާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފައިވަނީ، ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ ފަނަރަވަރަކަށް މިސްކިތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ޑިސެންބަރު މަހު ފައްޓަވާނެކަން ވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަން ޤާއިމުކޮށް، އިސްލާމީ ޘަޤާފަތާއި ނޫރު ފެތުރުވުމެވެ.

މި އާ މިސްކިތާއެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ނަމާދުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތެއްރާއްޖޭގައި!ޚަބަރު | ދުވަހެއް ކުރިންމި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭޚަބަރު | 3 ދުވަސް ކުރިންއިސްލާމިކް ސްޓޫޑިއޯ’އިން ރަމަޟާން މަހު ގެނެސްދޭ 10 ޕްރޮގުރާމް އިފްތިތާޙްކޮށްފިޚަބަރު | 5 ދުވަސް ކުރިންއިހަވަންދޫގައި ތަރައްގީކުރި 200 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފިޚަބަރު | 7 ދުވަސް ކުރިން