logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ސަރަހައްދުގައި ވައި ނުސާފުވެ، ރެޑް އެލާޓްގައި!

އައިޝަތު ނަޝާ
22 ޑިސެމްބަރު 2025 - 13:18
 މާލެ ސަރަހައްދުގައި ވައި ނުސާފުވެ، ރެޑް އެލާޓްގައި!

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި މިއަދު ވައި ނުސާފުކަމަށް އެއަރ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 170 ގައެވެ. އެޗްޕީއޭގެ އިންޑެކްސް ބުނާގޮތުން އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.

މާލެ ސަރަހައްދު ރެޑް އެލާޓުގައި އޮތް އިރު، މިހާލަތުގައި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ އިތުރުން އެހެން މީހުނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ނާޒުކުރު ހާލަތްތަކުގައިވާ މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔައް ފަރުވާ ކުރާ މީހުން، އެލާރޖީ މައްސަލަ ހުންނަ މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެގޮތުން އެފަދަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް ކުރުން މަޑުޖައްސާލުމާއި ބޭރަށް ނުކުންނަން ޖެހޭ ހާލައްތަކުގައި އެން95 މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި އެއަރ ޕިއުރިފައިއަރ ބޭނުންކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.

މާލެ ސަރަޙައްދު ރަތް ސަމާލުގައި އޮތްއިރު މެދުރާއްޖެ ތެރޭގެ ބައެއް ސަރަޙައްދުތައް އޮތީ އޮރެންޖް ސަމާލުގައެވެ. އަދި ރާއްޖޭގެ ބައެއް ސަރަޙައްދުތައް އޮތީ ރީނދޫ ސަމާލުގައެވެ. މިހާލަތުގައިވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑު، ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވާން ޖެހެއެވެ. އަދި އެފަދަ ފަރާތްތަކުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަމުން މިހާލަތުގައި ދުރުހެލިވާންޖެހެއެވެ. އަި ބޭރަށް ނުކުންނަން ވާނީ މާސްކު އަޅައިގެނެެވެ.

އެޗްޕީއޭއިން ވިދާޅުވީ ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ އައިކިއު އެއަރ http://iqair.com/maldives ނުވަތަ އެޕް މެދު ވެރިކޮށް ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުން މުހިންމުކަމަށެވެ.

ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށަށް ހިނގައްޖެޚަބަރު | 2 ގަޑިއިރު ކުރިންރޯގާއާއި ބޭރަށް ހިންގުމުގެ ކޭސްތައް މިދިޔަމަހު އިތުރުޚަބަރު | މަހެއް ކުރިންނިޕާ ވައިރަސް ފެތުރޭތީ ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިންމިދިޔަ ޑިސެމްބަރ މަހު ޑެންގީގެ 400 އަށްވުރެ ގިނަ ކޭސްޚަބަރު | 2 މަސް ކުރިން