logo
Bank of Maldives

Bank of Maldives

ޚަބަރު

ޒުވާނުންގެ ހުނަރު ދައްކާލުމަށް ފެސްޓިވަލެއް ބާއްވަނީ

އާމިނަތު ޝަފާ
23 ޑިސެމްބަރު 2025 - 06:19
ޒުވާނުންގެ ހުނަރު ދައްކާލުމަށް ފެސްޓިވަލެއް ބާއްވަނީ

ޒުވާނުންގެ ހުނަރު ދައްކާލުމަށް މި ހަފްތާ ބަންދުގައި ފެސްޓިވަލެއް ބާއްވަން ނިންމާފައިވާކަން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ 'ލިޓް ފެސްޓް' އޮންނާނި މި މަހުގެ 25 އިން 27 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 4 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރު ފުރައަށް އަމާޒު ކުރާ މި ފެސްޓިވަލްގައި އަރޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައިވާކަމަށް ވުޒާރާއިން ބުނެއެވެ. އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އަރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނެއެވެ. މީގެ އިތުރުން ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިންގ ފަދަ ހުނަރުތައް ހިމެނެއެވެ.

މި ފެސްޓިވަލް އިންތިޒާމް ކުރާ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، ފެސްޓިވަލްގެ ޙަރަކާތްތަކުގައި ބައިވެރިވެ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާއި ޙަރަކާތްތަކަށް ހިނގާނެ ޚަރަދު ވުޒާރާގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އިދާރީ ގޮތުން ހޯދަން ޖެހޭ ތަކެތިވެސް ވުޒާރާއިން ހޯދައިދޭނެ ކަމަށެވެ.

3 ދުވަހަށް ކުރިއަށް ދާ މި ފެސްޓިވަލް އަކީ އާންމުންނަށް ޒިޔާރަތް ކުރެވޭނެ ފެސްޓިވަލެއް ކަމަށް ވާއިރު، ފެސްޓިވަލްގެ ބައިވެރިން ތައްރާރު ކުރާ ތަކެތި ވިއްކުމުގެ ފުރުޞަތު އެ ބައިވެރިންނަށް ލިބިގެން ދާނެއެވެ.

ވުޒާރާއިން ބުނީ، ލިޓް ފެސްޓުގައި ބައިވެރިވުމަށް ޒުވާން ކުދިން ހުށަހަޅަމުން އަންނަ ކަމަށާއި، އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާން ޖެހޭ ގޮތަށް ކަމަށެވެ. އަދި ބައިވެރިވުމަށް ފޭސްބްކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ފެސްޓާ ގުޅޭ ގޮތުން ހިއްސާ ކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު ގިނަ ނަމަ، ފުރުސަތު ލިބިގެން ދާނީ ބައިވެރިވާ ތަރުތީބުން ކަމުގައި ވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ ހުނަރު ދައްކާލުމަށް ފެސްޓިވަލެއް ބާއްވަނީޚަބަރު | 2 ގަޑިއިރު ކުރިންސިވިލް ސޮސައިޓީ އެވޯޑު، 7 ޖަމިއްޔާއަކަށް ދީފިޚަބަރު | 5 ދުވަސް ކުރިންޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ބާކީ 2 ދުވަސް!ޚަބަރު | 3 މަސް ކުރިންނޫސްވެރިކަމުގެ ހުނަރުތައް ތަރައްގީކުރުމަށް ބީބީސީގެ އޮންލައިން މާސްޓަރކްލާހެއް ބާއްވަނީޚަބަރު | 3 މަސް ކުރިން