logo
Bank of Maldives

Bank of Maldives

ޚަބަރު

ސުތުރާގެ ނަމުގައި މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ އެއްޗެހި ނަގައިދޭން އެދޭނަން: މިނިސްޓަރ ޑރ. ޝަހީމް

އިސްމާޢިލް ރާތިޢު
23 ޑިސެމްބަރު 2025 - 12:51
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް

މިފަހަކަށް އައިސް ނަމާދުކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ގެންގުޅޭކަމަށާއި މިތަކެތި ނަގައިދިނުމަށް ސިޓީ ކައުންސިލުގައި ދަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މިއީ ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ޤަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތް ނޫންކަމަށާއި ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާ ޚިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއްނޫންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން މާ ރަނގަޅުވާނެ ކަމަށާއި އެގޮތަކީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން ކަމަށާއި މިގޮތަށް ޢަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތަށް މިކަން ބަދަލުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ވަޒީރު މިފަދައިން ޕޯސްޓުކުރައްވާފައި ވާއިރު، ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިދިޔަ ހަފްތާގައި ވަނީ މިކަމާ ގުޅޭހޮތުން ފަތުވާއެއްވެސް ނެރެފައެވެ.

އެ ފަތުވާގައި ބުނެފައިވާ ގޮތުން ނަމާދުކުރާއިރު ސުތުރާގެ ގޮތުގައި ހިފުމަށް ވަކިން ހަދާފައިވާ ތަކެތި މިސްކިތްތަކުގައި ބެހެއްޓުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. ސުތުރާގެ ހުކުމާ ގުޅޭގޮތުން ފަތުވާގައި ބުނެފައިވަނީ، ގިނަ ފިގުހު އިލްމުވެރިންގެ އަރިހުގައި އެއީ ސުންނަތެއް ނަމަވެސް ފަހުގެ ބައެއް އިލްމުވެރިން، އެއީ ވާޖިބެއް ކަމަށްވެސް ވިދާޅުވާ ކަމަށެވެ.

ފަތުވާގައި ބުނެފައިވަނީ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައި ވީއިރުވެސް އެކަމަށް ހާއްސަ އެއްޗެއް ބަހައްޓާފައި ނުވާ ކަަމަށާއި ނަމަވެސް މިސްކިތުން ބޭރުގައި ނަމާދު ކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ސާބިތުވާ ކަމަށެވެ. އެހާލަތުގައިވެސް ބޭނުންކުރައްވާފައި ވަނީ އެކަމަށް ހާއްސަ އެއްޗެހި ނޫންކަމަށާއި އެހެން ކަންކަމަށްވެސް ބޭނުންކުރައްވާ ތަކެތިކަމަށް ފަތުވާގައި ބުނެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރު ސުތުރާގެ ގޮތުގައި ބޭނުންކުރެއްވި ކަމަށް ފަތުވާގައި ބުނެފައިވަނީ، ފާރު، އަސާ، މީހުން، ތަންމަތި، އެނދު، ދުނި ނުވަތަ ތީރު، ސަވާރ،ީ އަސްދާނުގޮނޑ،ި ގަސް ފަދަ ތަކެއްޗެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުތުރާގެ ނަމުގައި މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ އެއްޗެހި ނަގައިދޭން އެދޭނަން: މިނިސްޓަރ ޑރ. ޝަހީމްޚަބަރު | 2 ގަޑިއިރު ކުރިން"ގަސް ކެނޑުމަކީ ކޮންކަހަލަ ކަމެއް؟"ރިޕޯޓް | 25 ދުވަސް ކުރިންމިފަހަރު އުމްރާއަށް މީހުން ގެންދިޔައީ 33 ކުންފުނިން: ވަޒީރު ޚަބަރު | އަހަރެއް ކުރިންގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި މަސްފެންގަނޑު ނުހަދަން ނިންމައިފިޚަބަރު | އަހަރެއް ކުރިން