logo
Bank of Maldives

Bank of Maldives

ޚަބަރު

އުޅަނދުތައް ވަގުތީގޮތުން 1 ނަންބަރު ޖެޓީއަށް؛ ފީއެއް ނުނަގާނެ

އިސްމާޢިލް ރާތިޢު
24 ޑިސެމްބަރު 2025 - 04:49
ފޮޓޯ: މިހާރު
ފޮޓޯ: މިހާރު

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށްޓަކައި، ނޯތު ހާބަރުން ހިދުމަތް ހޯދާ އުޅަނދުފަހަރުތަކަށް ވަގުތީގޮތުން 1 ނަންބަރު ޖެޓީން ހިދުމަތް ދިނުމުގައި ފީ ނުނަގާނެކަމަށާއި 1 ނަންބަރު ޖެޓީއަށް ކައިރިކޮށް އުޅަނދުތައް ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެންކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.

މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިންމުމަށްފަހު މިހާރު ކުރަމުން އަންނަނީ ދެވަނަ ސެގްމަންޓުގެ މަސައްކަތެވެ. މި ސެގްމަންޓުގައި ލޯކަލް މާރުކެޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެއެވެ. އެހެންކަމުން މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ނޯތު ހާބަރުގެ ޒޯން އޭގައި ހިދުމަތް ދެމުންދާ އުޅަނދުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީން ހިދުމަތް ދިނުމަށްވަނީ ހަމަޖައްސާފައެވެ.

އެމްޕީއެލްއިން ބުނީ، މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި ނޯތު ހާބަރުގެ ޒޯން އޭގައި އަޅާފައިވާ ފަސިންޖަރުންނާއި މުދާ އުފުލާ އުޅަނދު ފަހަރުތައް 1 ނަންބަރު ޖެޓީ ސަރަހައްދަށް ބަދަލުކޮށް، ހިދުމަތް ދިނުމުގައި އެއްވެސް ފީއެއް ނުނަގާނެކަމަށެވެ. އަދި އެސަރަހައްދަށް އުޅަނދުފަހަރު ވަދެ، ކައިރިކޮށް އަދި އަޅާފައި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެންކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ އެސަރަހައްދުގެ ކީވޯލަށް އުޅަނދުތައް ކައިރިކުރެވޭނީ މާލޭ ނޯތު ހާބަރުގެ ޒޯން އޭގެ އެއްގަމު ތޮށީގެ ކިއު ތަރުތީބުން ކަމަށާއި 1 ނަންބަރު ޖެޓީގައި އުޅަނދު އެންމެ ގިނަވެގެން ބޭއްވޭނީ 10 ދުވަހުގެ މުއްދަތަކަށްކަމަށެވެ. އަދި އަލުން ކީވޯލާއި ކައިރިކުރެވޭނީ އަލުން ކިއުގައި ނޯޓުކޮށް ކިއު ތަރުތީބުންކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. އެކުންފުނިން ބުނީ އެގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ ހުރިހައި އުޅަނދުފަހަރަކަށްވެސް އެއްހަމައަކުން އަދި އެއް އުސޫލަކުން ހިދުމަތް ދިނުމަށްކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމަންޓުގައި ހިމެނޭ ލޯކަލް މާރުކެޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް، އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ދަނީ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްގެ ހިދުމަތްތައް ރަނގަޅުކުރަން ހިޔާލު ހޯދަނީޚަބަރު | 2 ގަޑިއިރު ކުރިންއުޅަނދުތައް ވަގުތީގޮތުން 1 ނަންބަރު ޖެޓީއަށް؛ ފީއެއް ނުނަގާނެޚަބަރު | 5 ގަޑިއިރު ކުރިންއެމްޕީއެލްގެ ރިސްކް ޗެމްޕިއަނުން އައްޔަނުކޮށްފިޚަބަރު | 2 ދުވަސް ކުރިންނޯތު ހާބަރު ސަރަހައްދުގެ މަގު ފުޅާކޮށް، މަސައްކަތް ހޮނިހިރު ދުވަހު ފަށަނީ ވިޔަފާރި | 6 ދުވަސް ކުރިން