logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލްގެ ހިދުމަތްތައް ރަނގަޅުކުރަން ހިޔާލު ހޯދަނީ

އައިޝަތު ނަޝާ
24 ޑިސެމްބަރު 2025 - 07:42
އެމްޕީއެލްގެ ހިދުމަތްތައް ރަނގަޅުކުރަން ހިޔާލު ހޯދަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ރަނގަޅުކުރަން އާންމުންގެ ހިޔާލު ހޯދަން އޮންލައިން ފޯމެއް ތައާރަފުކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ މި ސާވޭއިން ލިބޭ ހިޔާލަށް ބިނާކޮށް، އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މި ފޯމްގައި އެމްޕީއެލްގެ ހިދުމަތް ފޯރުކޮށްދެމުންދާ ގޮތާމެދު ހިތްހަަމަޖެހޭ މިންވަރާއި ކުންފުންޏާ ދޭތެރޭ އިތުރާބު އޮތް މިންވަރާއި ކުންފުނީގެ މަސައްކަތުގެ ސްޕީޑް އަދި ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރު ރޭޓް ކުރެވޭނެ އެވެ.

މީގެ އިތުރުން ކުންފުނީގެ ކަސްޓަމާ ސާވިސްއާމެދު ދެކޭ ގޮތާއި ހިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަ ހައްލު ކޮށްދިނުމުގައި ކުންފުނީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތް ދެނެގަންނާނެ އެވެ.

މި ފޯމްގައި ހިދުމަތް ފޯރުކޮށްދިނުމުގައި އަދި ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރާއި އެމްޕީއެލްއިން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކާމެދު ހިތްހަމަޖެހޭ މިންވަރު ރޭޓް ކުރެވޭނެ އެވެ.

މީގެ އިތުރުން ބަނދަރު ޕޯޓަލް މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ހައްލުކޮށްދިނުމުގައި ކުންފުނީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާއި މާލޭ ވިޔަފާރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ހިތްހަމަޖެހޭ މިންވަރާއި މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ މިންވަރާމެދު ހިތްހަމަޖެހޭ މިންވަރުވެސް ރޭޓް ކުރަން ހިމަނާފައިވެ އެވެ.

މި ފޯމްގައި އެމްޕީއެލްގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން ރަނގަޅު ކުރަންޖެހޭ ކަމަށް ފާހަގަކުރެވޭ ކަންކަމާއި ހިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާ އަދި އިތުރު ހިޔާލުވެސް ލިޔެވޭނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްގެ ހިދުމަތްތައް ރަނގަޅުކުރަން ހިޔާލު ހޯދަނީޚަބަރު | 2 ގަޑިއިރު ކުރިންއުޅަނދުތައް ވަގުތީގޮތުން 1 ނަންބަރު ޖެޓީއަށް؛ ފީއެއް ނުނަގާނެޚަބަރު | 5 ގަޑިއިރު ކުރިންއެމްޕީއެލްގެ ރިސްކް ޗެމްޕިއަނުން އައްޔަނުކޮށްފިޚަބަރު | 2 ދުވަސް ކުރިންނޯތު ހާބަރު ސަރަހައްދުގެ މަގު ފުޅާކޮށް، މަސައްކަތް ހޮނިހިރު ދުވަހު ފަށަނީ ވިޔަފާރި | 6 ދުވަސް ކުރިން