ރައީސް ޞާލިޙާއި މައްސަލައެއް ދެމިގެންދާހާ، ބައިވަރު އެއްޗެހި ބުނެފައެއް ނޯންނާނެ: ރައިސް ނަޝީދު
24 ޑިސެމްބަރު 2025 - 10:29

ކުރީގެ ރައީސް ޞާލިޙާއި، ރައީސް ނަޝީދު އާއި މައްސަލައެއް ދެމިގެންދާ ގޮތަކަށް އޮވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ނުދެކެންކަމަށާއި، އެހާ ބައިވަރު އެއްޗިއްސެއް ބުނެވިފައެއް ވެސް ނޯންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދުނަޝީދު ވިދާޅުވެއްޖެއެވެ.\
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ،ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ދެ ބޭފުޅުންގެ މިއަދުގެ މި ބައްދަލުވުމަކީ އެމްޑީޕީގެ އެންމެފަހުގެ ރިޔާސީ ޕްރައިމަރީއަށްފަހު މިހެން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ދެ ބޭފުޅުން ގުޅިގެން އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމަށާއި އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

Ad by Hajj Corporation
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، މިއަދު ބައްދަލުވީ ކުރިން ކިޔާފައި ހުރި ފާޑުކިޔުންތައް ފަހަތަށް ޖައްސައިފައި ކަމަށާއި، ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ފާޑުކިޔާފައި ހުންނާނީ ކޮންމެވެސް ވަރަކަށް 'މިނައިގެން' ކަމަށްށެވެ.
"އެއްގޮތަކަށް ވެސް ނުދެކެން ރައީސް ޞާލިޙާއި އަޅުގަނޑާ މައްސަލައެއް ދެމިގެންދާ ގޮތަކަށް އޮވެދާނެ ކަމަކަށް. އެހެނެއް ނޯންނާނެ. ތިހެން ވިދާޅުވިޔަސް އެހާ ބައިވަރު އެއްޗިއްސެއް ބުނެވިފައެއް ވެސް ނޯންނާނެ," ރައީސް ނަޝީދު
ރައީސް ނަޝީދު ގެ ވާހަކަތަކަށް ރިއާޔަތްކުރައްވާ ރައީސް ސާލިހް ވިދާޅުވީ، ޕާޓީއަށް އެންމެ ރަނގަޅު ގޮތް ހޯދައިދޭނެ ކަމަށާއި، ރައީސް ނަޝީދާ މިއަދު ބައްދަލުކުރެއްވީ، ދުރު ނުވާ ހިސާބަށް ނުދާތީ ކަމަށްށެވެ.އަދި އޭރު އެ ހިސާބަށް ދިޔައީ،އޭރު ދެބޭފުޅުންގެ ދެމެދުގަ ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ހުރީމައި ކަމަށާއި، ދެން އެ ކަހަލަ ކަމެއް ދިމާނުވާ ގޮތަށް އެއަށް ވުރެ ކައިރިން ވާހަކަ ދެއްކިއްޖެއްޔާ އެ ކަހަލަ ލޮޅުމެއް ނާރާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރު ތިބީ ކުރިން ހިނގި ޚިޔާލު ތަފާތުވުންތަކުގެ ވާހަކަތައް ތަކުރާރު ނުކޮށް، އެކުގައި ކުރިއަށް މަސައްކަތް ކުރުމަށް ކަމަށް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކުރިން އެންމެ ގާތް ދެ ރަހްމަތްތެރިންނެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވުމާއެކު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ.
އެހެންނަމަވެސް ރައީސް ނަޝީދު ފަހުން ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.


