logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދަގަނޑޭގެ ކުޅުމެއް ބަލާލަން ކެތްމަދުވެފައި ތިބި ސަޕޯޓަރުންނަށް ކޯޗު ސުޒެއިން މިދެނީ އުފާވެރި ހަބަރެއް

އާމިނަތު ޝަފާ
24 ޑިސެމްބަރު 2025 - 13:06
ދަގަނޑޭގެ ކުޅުމެއް ބަލާލަން ކެތްމަދުވެފައި ތިބި ސަޕޯޓަރުންނަށް ކޯޗު ސުޒެއިން މިދެނީ އުފާވެރި ހަބަރެއް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)ގެ ކުޅުމެއް ގަލޮޅު ދަނޑުން ބަލާލަން ކެތްމަދުވެފައި ތިބި ސަޕޯޓަރުންނަށް ނިއު ރޭޑިއަންޓުގެ ކޯޗު އަލީ ސުޒެއިން އުފާވެރި ހަބަރެއް ދެއްވައިފިއެވެ.

މެންދުރު ޓީވީގެ އެކްސްކުލޫސިވް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކޯޗު ސުޒެއިން ވިދާޅުވީ އަޝްފާގު މިވަގުތު ކުޅުމާ ދުރުގައި ހުރީ އަނިޔާގެ ސަބަބުންކަމަށާއި އެކަމުން އަރައިގަތުމަށް އަޝްފާގުވެސް އަދި ނިއުގެ މެޑިކަލް ޓީމުންވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެންމެ ފަހުން ބައިވެރިވި ނިއުގެ ޕްރެކްޓިސްގައިވެސް ދަނގަޑޭ ތަފާތު ދައްކާފައިވާކަމަށް ކޯޗު ސުޒެއިން ވިދާޅުވިއެވެ. ކޯޗު ވަނީ ނިއުގެ ސަޕޯޓަރުންނާއި އަޝްފާގުގެ ސަޕޯޓަރުންގެ އިތުރުން މުޅި ފުޓްބޯޅަ އާއިލާއަށް އުފާވެރި ހަބަރެއްގެ ގޮތުގައި އަންނަ ޖަނަވަރީމަހު ނިއުއިން ކުޅޭ ފުރަތަމަ މެޗުގައި ނިއުގެ ޖޯޒީގައި ގަލޮޅު ދަނޑުން އަޝްފާގުގެ ކުޅުން ފެނިގެންދާނެކަމުގެ ހަބަރު ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

" އޭނަގެ ފަރާތުން އެފެންނަ ހުނަރާއި، އޭނަ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ހުރި ސަބަބުތައް ދައްކުވާދީފައިވޭ. އެހެންނަމަވެސް މިހާރު އަނެއްކާ ސާޖަރީއަށްފަހު ރިކަވާ ވަމުން އެދަނީ. އަދި ބޯޅައާއެކު ނުފަށާ. މި ބަލަނީ ޖަނަވަރީމަހު ނިއުއިން ކުޅޭ ފުރަތަމަ މެޗުން އަޝްފާގު ފެންނާނެކަމަށް". ނިއު ރޭޑިއަންޓުގެ ކޯޗު އަލީ ސުޒެއިން

މީގެ ހައެއްކަ އަހަރު ކުރީއްސުރެ އަޝްފާގު އަންނަނީ ކަކުލުގެ އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ކުޅުނު ފުރަތަމަ ދެ މެޗުގައި އޭނާ ބެންޗުން ވެސް ފެނުނެވެ. ނިއު އިން މަސައްކަތްކުރީ އިތުރު އޮޕަރޭޝަނެއް ނުކޮށް ނޮން-ސާޖިކަލީ ފިޓްވެ ކުޅެން ނެރެވޭތޯ އެވެ. އެކަމަކު އެކަން ކާމިޔާބުނުވުމުން މެނިސްކަސް އޮޕަރޭޝަންކުރީ އެވެ.

16 އަހަރުގައި 2001 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ދަގަނޑޭ ވަނީ ގައުމީ ޓީމާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދީފައެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ރަންބޫޓު ރެކޯޑް އަދަދަކަށް ހޯދައިފައިވާ ދަނގަޑޭގެ ލަނޑު ޖެހުމުގައި ނިސްބަތުން އޭނާގެ ރެކޯޑް އޮތީ ދުނިޔޭގެ އެންމެ މަޝްހޫރު ފޯވާޑުންނާ އެކު އެއް ލެވެލެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީތަން ޒަކީ ނިއުރޭޑިއަންޓްގެ ޔޫތު ޓީމާ ގުޅިއްޖެ، ކެޕްޓަންކަންވެސް އޭނާއަށްކުޅިވަރު | 18 ދުވަސް ކުރިންޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް އަންޑަރ 19 ޓީމުގެ ޓްރަޔަލް ހުޅުވާލައިފިކުޅިވަރު | މަހެއް ކުރިންވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | 2 މަސް ކުރިންއީތަން ޒަކީ ނިއުއަށް ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތައް ކްލަބުން ދޮގުކޮށްފިކުޅިވަރު | 2 މަސް ކުރިން