logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިސެންބަރާއި ޖެނުއަރީގައި ރާއްޖޭން ޢުމްރާއަށް 7000 މީހުން

އިސްމާޢިލް ރާތިޢު
25 ޑިސެމްބަރު 2025 - 04:50
ހައްޖުވެރިން ފުރުމަށް ގައުމީ އެއާލައިނަށް އަރަނީ
ހައްޖުވެރިން ފުރުމަށް ގައުމީ އެއާލައިނަށް އަރަނީ

ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ, މިއަހަރުގެ ޑިސެންބަރު މަހާއި ޖެނުއަރީމަހު ރާއްޖެއިން ޖުމްލަ 7726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 1049 ޢުމްރާވެރިން މައްކާއަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ޑިސެންބަރު މަހާއި ޖެނުއަރީ މަހު ޢުމްރާއަށް ދާ އެންމެ ފުރަތަމަ ގްރޫޕް މައްކާއަށް ފުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 262 ޢުމްރާވެރިން ފުރާފައިވެއެވެ.

އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ މައްކާއަށް ދާ އެންމެފަހު ގްރޫޕް ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު 298 ޢުމްރާވެރިން ފުރަން ހަމަޖެހިފައިވެއެވެ.

ރާއްޖޭގައި ޢާންމުކޮށް މީހުން އުމްރާއަށް ދަނީ ޗުއްޓީތަކާ ދިމާކޮށެވެ. މިދުވަސްވަރު ގިނަ ބަޔަކު އުމްރާއަށް ދާއިރު، މީހުން ގެންދާ އެކިއެކި ކުންފުނިތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރާ ޝަކުވާތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.

ރާއްޖޭގައި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަންޖެހޭ އުޞޫލެއް ހަދާފައިވާއިރު، އެ އުޞޫލުގައިވާ ގޮތުން ކޮންމެ ކުންފުންޏަކުންވެސް ޢުމްރާގެ ދަތުރުތަކަށް ފައިސާ ނެގުމަށްފަހު އެ ފައިސާ ޚަރަދު ކުރަން ޖެހޭނީ ޢުމްރާގެ ކަންކަމުގައި އެކަންޏެވެ.

އެ ފައިސާ އިތުރު ކަމަކަށް ބޭނުން ކުރުމާއި، އިންވެސްޓު ކުރުމަކީ މި އުޞޫލުގެ ދަށުން މަނާ ކަންކަމެވެ.

ޢުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލު ކުރުމަށް ގެޒެޓުކޮށްފައިވާ އުޞޫލުތަކާއި، ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވާ ފަރާތްތަކަށް ނުވަތަ އެއަށް ޢަމަލު ނުކުރާ ފަރާތްތަކަށް، ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަނުން ހައްޖައް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފިވިޔަފާރި | 2 ގަޑިއިރު ކުރިންއަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން އާއިލާއަކަށް ބަދަލުދޭން ހުކުމްކޮށްފިޚަބަރު | 10 ދުވަސް ކުރިންހައްޖު ކޯޕަރޭޝަނުން "ކުރު އުމްރާ" ޕެކޭޖެއް، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދެވޭ ޚަބަރު | 15 ދުވަސް ކުރިންއަނެއްކާވެސް ޢުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެޚަބަރު | 19 ދުވަސް ކުރިން