logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން "ޙާޖީ އެމްވީ" އެޕްލިކޭޝަން ލޯންޗުކޮށްފި

އިސްމާޢިލް ރާތިޢު
25 ޑިސެމްބަރު 2025 - 07:27
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން "ޙާޖީ އެމްވީ" އެޕްލިކޭޝަން ލޯންޗުކޮށްފި

ޙައްޖާއި ޢުމްރާގެ އަޅުކަމާގުޅޭ މައުލޫމާތު ދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ތައްޔާރުކުރި "ޙާޖީ އެމްވީ" އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.

މި އެޕްލިކޭޝަނުގައި، ޙައްޖު އަދި ޢުމްރާގެ އެކި ރުކުންތަކާ ގުޅޭ ތަފްޞީލީ މައުލޫމާތުގެ އިތުރުން ކިއުން ރަނގަޅު ދުޢާތައް އެކުލެވިގެން ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޢުމްރާގެ އަޅުކަމުގެ ތެރެއިން ޙާޖީ އެމްވީ އެޕްލިކޭޝަނުގައި އެކުލެވިގެންވާ މައުލޫމާތު ތަކަށް ބަލާއިރު، ޙައްޖު އަދި ޢުމްރާ ދަތުރުގެ އަދަބުތައް، އިޙްރާމްބަނުމާ ގުޅޭ ތަފްޞީލީ ޙުކުމްތައް، ޢުމްރާގެ ޠަވާފްކުރާ ގޮތާއި ސަޢުޔުކުރުމާ ގުޅޭ ތަފްޞީލީ މައުލޫމާތު ހިމެނެއެވެ.

WhatsApp Image 2025-12-25 at 12.45.24.jpeg

ޙައްޖުގެ ޙުކުމްތަކުގެ ތެރެއިން ޙައްޖުކުރާނެ ގޮތާއި، ޙައްޖުގެ ރުކުންތަކުގެ އިތުރުން ޙައްޖުގެ ވާޖިބުތަކުގެ ތަފްޞީލީ މައުލޫމާތު މި އެޕްލިކޭޝަނުގައި އެކުލެވިގެން ވެއެވެ.

މިކަންކަމުގެ އިތުރުން މި އެޕްލިކޭޝަނުގައި ޛިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ގުޅޭ ވީޑިއޯ ވެސް ބެލެން ހުރެއެވެ.

"ޙާޖީ އެމްވީ"ގައި ހިމެނޭ ހުރިހާ މައުލޫމާތަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތެވެ. މި އެޕްގެ ސަބަބުން ދުޢާފޮތްތަކާއި ޙައްޖާއި ޢުމްރާއާއި ބެހޭ ފޮތްތަކާ ނުލާ، ފޯނުން އެދާއިރާއާ ގުޅޭ މައުލޫމާތު ލިބިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވެފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން "ޙާޖީ އެމްވީ" އެޕްލިކޭޝަން ލޯންޗުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން‘’ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުން’’ޚަބަރު | 7 މަސް ކުރިންރައީސްގެ ނިންމެވުމާއި އެއްގޮތަށް ހައްޖުވެރިން މައްކާއިން މަދީނާއަށް ދާނީ ހައިސްޕީޑް ޓްރެއިންގައިޚަބަރު | 7 މަސް ކުރިންޢުމްރާއަށް ގެންދިއުމުގެ ހުއްދަ އޮތް ކުންފުނިތަކުގެ ލިސްޓް އާންމުކޮށްފި ޚަބަރު | އަހަރެއް ކުރިން