logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

މަންޑޭ ކޯޓަށް ހާޒިރުނުވުމުން ކޭ ޕާކް މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ޑިސެމްބަރު 2025 - 08:20
މަންޑޭ، ފޮޓޯ: ސޯޝަލް މީޑިއާ
މަންޑޭ، ފޮޓޯ: ސޯޝަލް މީޑިއާ

ކޭ ޕާކް މަޝްރޫއުގެ ފްލެޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހެދި ކަމުގެ ތުހުމަތު ކުރެވޭ ހަސަން މަންދޫހު (މަންޑޭ) ޝަރީއަތަށް ހާޒިރުނުވުމާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހަށް މައްސަލައިގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.

ހަންބޯ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހުރެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ މަންޑޭގެ މައްޗަށް ސަތޭކައަށްވުރެ ގިނަ ދައުވާ ދައުލަތުން އުފުލާފައިވާއިރު، މި މައްސަލާގައި ހިމެނޭ ޖައިޝާން ސައީދުގެ މައްޗަށްވެސް 95 ދައުވާއެއް ކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ފާހަގަކުރެއްވި ގޮތުގައި، ޝަރީއަތް ފަސްކޮށްދިނުމަށް އެދި މަންޑޭގެ ފަރާތުން ހުށަހެޅި ނަމަވެސް، ޝަރީއަތް ކުރިއަށްދާނެކަން ކުރިން އޮތީ އަންގާފައެވެ.

މަންޑޭ ކޯޓަށް ހާޒިރުނުވުމުން އޭނާއާމެދު އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. މީގެއިތުރުން، ޖައިޝާންގެ މައްޗަށް ކުރި އޮޅުވާލުމުގެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތުމުން މައްސަލަ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ގާޒީ ވަނީ އަމުރުކުރައްވާފައެވެ.

މީގެ ކުރިންވެސް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން މަންޑޭ ބަންދުކުރަން އަމުރުކުރި ނަމަވެސް، ފަހުން އޭނާ ވަނީ މިނިވަންކޮށްފައެވެ. މި މައްސަލާގައި ހިމެނޭ ދައުވާތައް ސާބިތުވެއްޖެނަމަ ބޮޑު ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވޭއިރު، ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ މަންޑޭގެ ބައެއް އަގުބޮޑު މުދާތައްވެސް ހިފަހައްޓާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަންޑޭ ކޯޓަށް ހާޒިރުނުވުމުން ކޭ ޕާކް މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިން16 ދައުވާއެއް ކުރިން ސާބިތުވި ޝިފާޢުގެ މައްޗަށް މަނީ ލޯންޑްރިންގެ 7 ދައުވާ ވެސް ސާބިތުވެއްޖެޚަބަރު | 9 ދުވަސް ކުރިންވަގަށް ބިދޭސީން އެތެރެކުރި ބިދޭސީ ބޮޑަކު މަނީ ލޯންޑަރިންގ އަދި ރިޝްވަތުގެ ކުށަށް އިއުތިރާފްވެއްޖެޚަބަރު | 9 ދުވަސް ކުރިންކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 9 ދުވަސް ކުރިން