logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ރިޕޯޓް

އެމްޑީޕީން ހުވަފެނެއްގައި، ފިތުނައިގެ އާ ފެށުމެއް، ނަތީޖާ ބައްޔާ ދިމާއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ޑިސެމްބަރު 2025 - 08:38
އެމްޑީޕީން ހުވަފެނެއްގައި، ފިތުނައިގެ އާ ފެށުމެއް، ނަތީޖާ ބައްޔާ ދިމާއަށް

ވެރިކަމުގެ ދަހިވެތިކަމާއި ސިޔާސީ ބާރުވެރިކަމުގެ ތެރޭގައި އުފެދުނު ބޮޑު ކޯޅުމެއްގައި ދެ އަހަރެއްހާ ދުވަސް ވަންދެން ދުރުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަކީ އެމްޑީޕީގެ ސަޕޯޓަރުންނަށް އާ އުންމީދެއް ގެނެސްދިން ކަމެއް ކަމަށް ބެލެވުނަސް، ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ އެ ޕާޓީގެ އެތެރޭގައި އޮތް ފިތުނަ އިތުރަށް ބޮޑުވެގެންދާނެ ކަމެއްގެ ފެށުމެވެ.

ސިޔާސީ ބަދަލުތަކާއި ލީޑަޝިޕްގެ ކޯޅުން

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމަށްފަހު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ މިއީ ސިޔާސީ ބޮޑެތި ބަދަލުތަކެއްގެ ފެށުން ކަމަށެވެ. ނަމަވެސް، މި ބަދަލުތަކުގެ ސަބަބުން މިހާރު ވެރިކަމަށް ފައިނަންގަވައިގެން ހުންނެވި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، ފައްޔާޒު އިސްމާއިލް ފަދަ ބޭފުޅުން ބާކީވެގެންދާނެ ކަމަށް ބެލެވެއެވެ. މި ބޭފުޅުންގެ ޓީމުތައް ބާކީވުމަކީ ޕާޓީގެ އެތެރޭގެ މަސްލަހަތު އިތުރަށް ގޯސްވެ، ފިތުނަވެރިކަން އުފެދޭނެ ކަމެކެވެ.

ޕްރައިމަރީގެ އެއްބަސްވުމާއި ކުރީގެ ތަޖުރިބާ

އަޑުތައް ފެތުރޭގޮތުގައި ނަޝީދާއި ސޯލިހުގެ މައިގަނޑު އެއްބަސްވުމަކީ ފަހުވަގުތު ދެ ބޭފުޅުން ޕްރައިމަރީއަށް ނުކުމެ، ބަލިވާ ބޭފުޅަކު މޮޅުވާ ބޭފުޅެއްގެ ފަހަތަށް އެރުމެވެ. ނަމަވެސް މިއީ ހަގީގަތަކަށް ވުމަށްވުރެ ބޮޑަށް ބިލާހަކަށް ވުން ގާތެވެ. މީގެ ކުރިންވެސް މި ދެ ބޭފުޅުންގެ ކޯޅުމުގެ ސަބަބުން އެމްޑީޕީ ވަނީ މަގުމަތިވެފައެވެ. ޕާޓީގެ އާންމު މެމްބަރުން ގަބޫލުކުރާ ގޮތުގައި ވެރިކަން ގެއްލުނީ ރައީސް ނަޝީދު އަމަލުކުރެއްވި ގޮތުންނެވެ. އެހެންކަމުން، ނަޝީދަށް ޕްރައިމަރީއެއް ކާމިޔާބުވުމަކީ ނާދިރު ކަމެކެވެ.

އަނެއްކާވެސް ނާކާމިޔާބީއާ ދިމާލަށް

ޕްރައިމަރީން ނާކާމިޔާބުވެއްޖެ ނަމަ، ރައީސް ނަޝީދު އަނެއްކާވެސް ޕާޓީގެ ތެރޭގައި ހަމަނުޖެހުން އުފައްދައި، ޕާޓީ ބައިބައިކޮށްލަން މަސައްކަތް ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިފަދަ ހާލަތެއްގައި އެމްޑީޕީއަށް ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމަކީ މުސްތަހީލު ކަމެކެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިހާރުވެސް އެ މަންޒަރު ދަނީ ފެންނަމުންނެވެ.

ވަރުގަދަ ސަރުކާރާއި އެމްޑީޕީގެ ހުވަފެން

މިއަދު ވެރިކަމުގައި އޮތް ޕީއެންސީ ފެންނަނީ ވަރަށް ބަދަހިކޮށް އަދި ބޮޑުވަމުންދާ ތަނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެންނަނީ ރެޔާ ދުވާލު ރައްޔިތުންގެ ގާތުގައި، ރައްޔިތުންގެ ޚިދުމަތުގައި ސާބިތުވެ ހުންނަވާ ތަނެވެ. ރައްޔިތުން މިއަދު ގަބޫލުކުރަނީ މިވަރުގެ އިޚްލާޞްތެރި ވެރިޔަކު ނުލިބޭނެ ކަމަށެވެ. އެހެންކަމުން، އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކާއެކު އަލުން ވެރިކަމަށް އާދެވޭނެ ކަމަށް އެ ޕާޓީގެ ސަޕޯޓަރުން ދެކޭ ދެކުމަކީ ހަގީގަތެއް ނެތް ހުވަފެނެއްކަން ކަށަވަރެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، ދެ ރައީސުންގެ ބައްދަލުވުމަކީ އެމްޑީޕީއަށް ލިބުނު ކުރިއެރުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ޕާޓީގެ އެތެރޭގެ ބާރުވެރިކަމުގެ ހަނގުރާމަ އިތުރަށް ހޫނުވެ، އާންމު މެމްބަރުންގެ މެދުގައި އޮތް އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ. ރައީސް މުޢިއްޒުގެ ހަރުދަނާ ވެރިކަމާ ކުރިމަތިލުމުގެ ގާބިލުކަން މިއަދު އެމްޑީޕީގެ ކިބައިގައި ނެތްކަން މި ހުރިހާ ކަމަކުން ސާފުވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ހުވަފެނެއްގައި، ފިތުނައިގެ އާ ފެށުމެއް، ނަތީޖާ ބައްޔާ ދިމާއަށްރިޕޯޓް | 2 ގަޑިއިރު ކުރިންކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައިޚަބަރު | 6 ދުވަސް ކުރިންއެމްޑީޕީން ތަޖުރިބާ ކުރަމުން އަންނަ އުނދަގޫ ދުވަސްތަކުން އަރައިގަތުމާމެދު ޝައްކެއް ނުކުރަން: ރައީސް ނަޝީދުޚަބަރު | މަހެއް ކުރިންފައްޔާޒުގެ އިސްތިއުފާ ގުޅިފައިވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ފިތުނައާ ޚަބަރު | މަހެއް ކުރިން