logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކޮށްފި

އާމިނަތު ޝަފާ
25 ޑިސެމްބަރު 2025 - 13:50
ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވާފައިވާ ގޮތަށް އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް 3000 ރުފިޔާއަށް ބޮޑުކޮށް އުސޫލު އާންމުކޮށްފި އެވެ.

2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވީ ލ.ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ވިދާޅުވީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުން 211 މިލިޔަން ރުފިޔާ އެކަށައަޅުއްވާފައިވާކަމަށެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓްކްޝަން އެޖެންސީ މިއަދު ވަނީ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާއިބެހޭ ޤަވާއިދަށް އިސްލާޙު ގެނެސް ޤަވާއިދު އާންމުކޮށްފަ އެވެ.

މި ޤަވާއިދުގެ ދަށުން ޝަރުތު ހަމަވެގެން އެހީ ހަމަޖެހޭ އެކަނި ދަރީން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި ލިބިދެވޭނީ ހަތަރު ކުދީންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާއެވެ. އަދި ހަތަރު ކުދީންނަށް ވުރެ އިތުރަށް ކުދީން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި މަހަކަށް ލިބޭނީ އެއްހާސް ރުފިޔާ އެވެ.

މި ޤަވާއިދުގެ ދަށުން އެކަނި ދަރީން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި އެންމެ ގިނަވެގެން ލިބޭނީ 15,000 ރުފިޔާ އެވެ. އަދި އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބޭނީ 180,000 ރުފިޔާއެވެ.

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރީންގެ ތަރުބިއްޔަތަށްޓަކައި ދޭ މިންވަރު، ޖުމުލަ 12،000 ރުފިޔާ އާ ހަމައަށް، ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަކީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

39 ފަރާތަކަށް އައިވީއެފް ފަރުވާގެ އެހީ ހަމަޖައްސައިދީފިޚަބަރު | 2 މަސް ކުރިން"އައި.ވީ.އެފް" ގެ ފަރުވާއަށް "ފަރޓިލިޓީ ކެއަރ ފަންޑް" ލިބޭ ފުރަތަމަ ބެޗް އިއުލާންކޮށްފިޚަބަރު | 2 މަސް ކުރިންއެންސްޕާއިން މިދިޔަ މަހު 54 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 2 މަސް ކުރިންއެންސްޕާގެ "ހެލްޕު ޑެސްކެއް" ހެންވޭރު ފެރީ ޓާމިންލްގައި ގާއިމުކޮށްފިޚަބަރު | 2 މަސް ކުރިން