logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް 6 މަސްތެރޭ ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ: ވަޒީރު ޝަހީމް

އައިޝަތު ނަޝާ
26 ޑިސެމްބަރު 2025 - 11:09
ކުރިއަށް އޮތް 6 މަސްތެރޭ ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ: ވަޒީރު ޝަހީމް

ރާއްޖޭގައި މިއަދު 2 މިސްކިތް ހުޅުވިގެން ދިޔައިރު، ކުރިއަށް އޮތް 6 މަސްތެރޭ ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒިރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް އިއުލާން ކުރި 15 މިސްކިތުގެ ތެރެއިން މިހާތަނަށް ހުޅުވިގެން މި ދިޔައީ 5 އަދި 6 މިސްކިއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

މީގެއިތރުން ވަޒީރު ވިދާޅުވީ،ހުޅުމާލެގައި ދާއިމީ 4 މިސްކިތް ހުޅުވިގެންދާނެކަމަށާއި، އަދި އަތޮޅުތަކުގައި ވެސް ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި ހުޅުވިގެންދާ މިސްކިތްތަކުގެ ތެރޭގައި ހެޔޮ އެދޭ ފަރާތްތަކާ މިނިސްޓްރީ ގުޅިގެން ގެންދާ މަޝްރޫޢުތަކާއި ސަރުކާރުގެ މަޝްރޫޢުތައް ހިމެނޭ ކަމަށް ވެސް ވަޒީރު ސައީދު ފާހަގަ ކުރެއްވިއެވެ.

މިއަދު ވަނީ ރާއްޖޭގައި 2 މިސްކިތެއް ހުޅުވާފައެވެ. އެއީ ސަރުކާރު ޚަރަދުގައި އައްޑޫ ސިޓީ މަރަދޫގައި ބިނާކުރި މަސްޖިދުއްރައްޔާން އާއި،އަމިއްލަ ފަރާތަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި މިސްކިތް، "މަސްޖިދުލް އީމާން" އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވުމަކީ ސަރުކާރުގެ އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ހާފިޒުންގެ އަދަދު އިތުރުވަނީ - އިމްތިޙާނު ކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރަނީޚަބަރު | 4 ގަޑިއިރު ކުރިންޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމްކަނޑައަޅަންޖެހޭ: ޝަހީމްޚަބަރު | މަހެއް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | މަހެއް ކުރިންޑރ. ޝަހީމް، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަށްޚަބަރު | 3 މަސް ކުރިން