logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ހާފިޒުންގެ އަދަދު އިތުރުވަނީ - އިމްތިޙާނު ކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރަނީ

ރާއްޖޭގައި ހާފިޒުންގެ އަދަދު އިތުރުވަނީ - އިމްތިޙާނު ކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރަނީ

ދިވެހިރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާތީ، ޙާފިޒުން އިމްތިޙާނު ކުރުމުގެ ނިޒާމު އިތުރަށް ފުޅާކޮށް، އެއް ވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިޙާން ކުރިއަށް ގެންދިއުމަށްޓަކައި ޙާފިޒުން އިންތިޙާން ކުރާ ކޮމިޓީތައް އިތުރުކުރުމަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ނިންމައިފިއެވެ.

މިހާރު ރާއްޖޭގައި ޤުރްއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއް ހިންގަމުންދާއިރު، އެންމެ ގިނަ މީހުން ޤުރްއާން ހިތުދަސްކުރަމުން އަންނަނީ ޤުރްއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ. މިވަގުތު އިމްތިޙާން ކޮމިޓީތައް ކަނޑައެޅިފައިވަނީ މާލޭގެ ދެ މަރުކަޒެއް ކަމަށްވާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީގެ އިތުރުން، ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައެވެ. އަދި މި މަސައްކަތުގެ ދަށުން ޅ. ނައިފަރުގައިވެސް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙާފިޡުކަމުގެ އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލު

ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލުގައިވާގޮތުން، ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުލާސްތަކުގެ ދަރިވަރުން އެ މަރުކަޒަށް ނުވަތަ ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުމުން އިމްތިޙާނު ކޮށްދޭނެއެވެ. ނަމަވެސް، ރަޖިސްޓަރީ ނުކޮށް ހިންގާ ކުލާސްތަކުގެ ދަރިވަރުންނާއި އަމިއްލަގޮތުން ޤުރްއާން ހިތުދަސްކުރާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވެވޭނީ، އެކަމުގެ ފެންވަރު ހުރިކަން އަންގައިދޭ، ދަފުތަރުކޮށްފައިވާ ޙާފިޡެއްގެ ލިޔުމަކާ އެކުގައެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުން، މަރުކަޒުން ނުވަތަ ކޮމިޓީން އިމްތިޙާން އޮންނަ ދުވަސް ކަނޑައަޅާނެއެވެ. އަދި ހަމަޖައްސާ ދުވަހު ދަރިވަރަށް ހާޒިރުވެވެން ނެތްނަމަ، އެކަން ކުރިއާލާ މަރުކަޒަށް އަންގަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކީރިތި ޤުރްއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޙާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ. މިއީ ޤުރްއާން ހިތުދަސްކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ބިނާކުރާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވާނެ: ޝަހީމްޚަބަރު | 4 ގަޑިއިރު ކުރިންދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައިޚަބަރު | 5 ގަޑިއިރު ކުރިންރިސަރޗް ލައިބްރަރީއަކާއެކު ހުލުމާލޭގައި ބިނާކުރާ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެޚަބަރު | 2 ދުވަސް ކުރިންދާރުލްއަރްޤަމްގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިން