logo
Bank of Maldives

Bank of Maldives

ޚަބަރު

ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމްކަނޑައަޅަންޖެހޭ: ޝަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
27 މޭ 2026 - 03:38
ކުޅުދުއްފުށި ސިޓީގައި އީދު އައިޓަމެއް ތެރެއިން، ފޮޓޯ: ހާޓުސީނު
ކުޅުދުއްފުށި ސިޓީގައި އީދު އައިޓަމެއް ތެރެއިން، ފޮޓޯ: ހާޓުސީނު

ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމްކަނޑައަޅަންޖެހޭކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހާ ގުޅުވައިގެން ވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާޢިރުތަކުގައި މުސްލިމުން މާތް ﷲ އަށް ތަލްބިޔާކިޔަމުންދާ މި ދަނޑިވަޅުގައި، ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިކަންކަން ހިތަށް ގެނެސްގަތުން މުހިންމު ކަމުގައި ދެކޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޢީދަކީ އިސްލާމްދީނުގެ ވަރަށް މުހިންމު މުނާސަބަތެއް. މި މުނާސަބަތުގެ އެންމެ މަތީ މަޤުޞަދަކީ ﷲ މަތިވެރިކޮށް އުފާވެރިކަން ފާޅުކުރުން. ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޢީދު ޚުޠުބާގައިވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ. އެގޮތުން ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި، މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމުން ދުރުހެލިވާންޖެހޭނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، ޢީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲ އަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރަން ޖެހޭނެ ކަމަށެވެ. އަދި ޢީދުގެ އުފާ ފާޅުކުރާއިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ބިނާކުރާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވާނެ: ޝަހީމްޚަބަރު | 4 ގަޑިއިރު ކުރިންޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީޚަބަރު | 5 ދުވަސް ކުރިންރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެންބަރު މަހު ފަށަނީޚަބަރު | 5 ދުވަސް ކުރިންއިސްލާމީ ދާއިރާގެ މަޝްރޫޢުތަކަށް ރައީސްގެ ހާއްސަ އިސްކަމެއް، ރޯދައިގެ ކުރިން 18 ތަނެއް ހުޅުވާނެޚަބަރު | 19 ދުވަސް ކުރިން