logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ 3ގެ 47 ހެކްޓަރުގެ ބިން ހިއްކައިފި

އައިޝަތު ނަޝާ
27 ޑިސެމްބަރު 2025 - 16:33
ހުޅުމާލެ 3ގެ 47 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސައްކަތް ވަނީ އަލުން ބާރުސްޕީޑުގައި ފަށާފައެވެ.

މި މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ 22,000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 28 ގައެވެ.

މި ދެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާއިރު، މިހާތަނަށް 47 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާލާފައިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ. މިއީ ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 74.6 އިންސައްތައެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އެމްއޭސިއެލުން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ބިންވެރިޔާ ސްކީމުގެ ދަށުން އެ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ގުރުއަތުލުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން 7 ސައިޒެއްގެ ޖުމްލަ 698 ގޯތީގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!ޚަބަރު | 5 ދުވަސް ކުރިންރޯދައަށް އުކާލާ ކުނި މަގުމަތީގައި ނުބެހެއްޓުމަށް އަންގައިފިޚަބަރު | 8 ދުވަސް ކުރިންހުޅުމާލެ ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއްޚަބަރު | 12 ދުވަސް ކުރިންއެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މަޢުލޫމާތު ހޯދާތީ ސަމާލުވާން އެދިއްޖެޚަބަރު | 18 ދުވަސް ކުރިން