logo
Bank of Maldives

Bank of Maldives

ޚަބަރު

އެއްވެސް ދިރާސާއެއްގައި އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ނާހަން: އެޗްއާރްސީއެމް

އައިޝަތު ނަޝާ
28 ޑިސެމްބަރު 2025 - 03:45
 އެއްވެސް ދިރާސާއެއްގައި އެހެން  ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ނާހަން: އެޗްއާރްސީއެމް

ޣައިރު ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލު އުފައްދައި އެއްވެސް ދިރާސާއެއް ކޮށްފައި ނުވާނެކަމަށާއި ކޮމިޝަނާ މެދު އެފަދަ ތުޚުމަތުތަކެއްކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އެޗްއާރްސީއެމްއިން ބުނެފިއެވެ.

އެޗްއާރްސީއެމްއިން މިފަދައިން ބުނެފައިވަނީ،އެ ކޮމިޝަނާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައެވެ.

އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ އަހާފައި ނުވާނެކަމަށާއި،އަދި އެ ކޮމިޝަންގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއ،ި ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުއާހަދާތަކާއެއްގޮތްވާގޮތުގެ މަތީންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން އެފަދަ ހާލަތާއި ޚިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރްސީއެމްއިން ވަނީ އެ ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ހިންގަމުން ގެންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއ،ި ޤާނޫނުތަކާއ،ި ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުޢާ ހަދާތަކުގެ އިމުގެ ތެރޭގައިކަމަށްބުނެފައެވެ.

އަދި ހުރިހައި ވަގުތަކު ހުރިހައި ކަމެއްގައިވެސް އިސް ކުރާނީ އިސްލާމީ ޝަރީޢަތާއި އިސްލާމް ދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަޙަތުތައްކަމުގެ ޔަޤީންކަން އެ ކޮމިޝަނުން ދެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ބާއްވާ ވީޑިއޯ މުބާރާތުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާގެ ނަން، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިޚަބަރު | 5 މަސް ކުރިން އެއްވެސް ދިރާސާއެއްގައި އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ނާހަން: އެޗްއާރްސީއެމްޚަބަރު | 6 މަސް ކުރިންއެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ ވަޒީރު ރަމީލާ އައްޔަންކުރަން ފާސްކޮށްފިޚަބަރު | 7 މަސް ކުރިން