logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާގެ ނަން، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

އައިޝަތު ނަޝާ
5 ޖެނުއަރީ 2026 - 04:43
އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާގެ ނަން، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.

ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ. މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް މިހާރު އޮތީ ހުސްކޮށެވެ. އެ މަޤާމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ ވަޒީރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އެކަމަނާ އިސްތިއުފާދެއްވީ، 1 ޑިސެންބަރު 2024ގައެވެ. ރައީސުލްޖުމްހޫރިއްޔާ، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ރަމީލާ އައްޔަން ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ. މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވައެެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމް އަދި ޑރ. ޢާއިޝަތު ރަމީލާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ބާއްވާ ވީޑިއޯ މުބާރާތުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާގެ ނަން، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިޚަބަރު | 5 މަސް ކުރިން އެއްވެސް ދިރާސާއެއްގައި އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ނާހަން: އެޗްއާރްސީއެމްޚަބަރު | 6 މަސް ކުރިންއެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ ވަޒީރު ރަމީލާ އައްޔަންކުރަން ފާސްކޮށްފިޚަބަރު | 7 މަސް ކުރިން