އައިޔޫއެމް އިން ދިރާސާކުރުމާ ގުޅޭ މުބާރާތެއް ބާއްވަނީ
6 އޮކްޓޯބަރު 2024 - 06:36

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން "ރިވެލި 2024" ގެ ނަމުގައި ދިރާސާކުރާ ފަރާތްތަކަށް ޚާއްސަ މުބާރާތެއް ބާއްވަން ހަމަޖައްސައިފިއެވެ.
"ރިވެލި 2024" ބޭއްވުމުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވާފައިވާ ފަދައިން ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖްތަމަޢުއެއް ބިނާކުރުމެވެ. މި މުބާރާތުގައި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް އެ ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަށް އާންމުންނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

Ad by Hajj Corporation
26 އޮކްޓޯބަރ 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އިނާމެއްގެ ގޮތުގައި 5000 ރުފިޔާ ވަނީ ކަނޑާއަޅަފައެވެ. މީގެ އިތުރުން، "ރިވެލި 2024"ގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.


