logo
Bank of Maldives

Bank of Maldives

ޚަބަރު

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށް

އާމިނަތު ޝަފާ
28 ޑިސެމްބަރު 2025 - 13:05
ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށް

ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) އަށް ތާއީދުކޮށް ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ހިއްސާކޮށް ޓެރަރިޒަމްއަށް ހިތްވަރުދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ ހޫދު މުޙައްމަދު ޒާހިރު، 2015 ވަނަ އަހަރުން ފެށިގެން 06 ޖަނަވަރީ 2022 ގެ ނިޔަލަށް ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އެކައުންޓްތައް ކްރިއޭޓްކޮށް، އޭނާގެ ފޯނުން އެ އެކައުންޓްތައް ބޭނުންކޮށް، އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) އާ ގުޅުންހުރި މަޢުލޫމާތާއި ހަބަރު ގެނެސްދޭ ސޯޝަލް މީޑިއާގެ އޮންލައިން ގްރޫޕްތަކުގައި، އެފަދަ ޢަމަލުތަކާއި ގުޅޭ އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ހިއްސާކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަކޮށް އެކި ބަސްބަހުން ލިޔެފައިވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ލިޔުންތައް އެހެން މީހުންނަށް ފޯރުކޮށްދީ، އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތައް ތަރުޖަމާކުރުމަށްޓަކައި އެކި މީހުންނާ މުޢާމަލާތުކޮށްގެން އެ މަސައްކަތްކޮށް، ސޯޝަލް މީޑިއާގެ އެކި އޮންލައިން ޕްލެޓްފޯމްތަކުގައި އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) އަށް ތާއީދުކޮށް، އެކި ޤައުމުތަކުގައި ތިބި އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ތާއިދުކުރާ މީހުންނާ މުޢާމަލާތުކޮށް، އެކަންކަން ކުރުމަށާއި ސިއްރުކުރުމަށާއި އޮޅުވާލުމަށް ބޭނުންކުރެވިދާނެ ތަފާތު އެކި އެކި އެޕްލިކޭޝަންތައް ގަނެގެން އޭނާގެ ފޯނަށް އަޅައިގެން އައި.އެސް.އައި.އެސް ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީ ވަކި ވަކި ޢަމަލުތަކަށް ރިޢާޔަތްކޮށް ޖުމްލަ 5 (ފަހެއް) ދަޢުވާ 18 އޭޕްރީލް 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މައްސަލައާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވާކަމަށް ޕީޖީން ބުނެފައިވެއެވެ.

ޙޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ސާބިތުވި ދަޢުވާތައް

އޭނާގެ މައްޗަށް ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ދައުވާ ކޮށްފައިވެއެވެ. މި ކުށުގެ ގާނޫނީ އަދަބަކީ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކޯޓުން ކަނޑައެޅީ 15 (ފަނަރަ) އަހަރަށް ޖަލަށްލުމަށެވެ.

ދެން އޭނާގެ މައްޗަށް ކުރަރީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރިކަމުގެ ދައުވާއެވެ.

މި ކުށުގެ ގާނޫނީ އަދަބަކީ 3 (ތިނެއް) އަހަރާއި 5 (ފަހެއް) ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކޯޓުން ކަނޑައެޅި އަދަބަކީ 5 އަހަރަށް ޖަލަށްލުމަށެވެ.

ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުނުކަމުގެ ދައުވާތައްވެސް އޭނާގެ މައްޗަށް ކުރިއިރު މިކުށުގެ ގާނޫނީ އަދަބަކީ 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ކޯޓުން ކަނޑައެޅި އަދަބަކީ 3 (ތިނެއް) އަހަރަށް ޖަލަށްލުމެވެ.

 

އެއާއެކު ޖުމްލަ 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ.

 

އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއާއި އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތުނުވާކަމަށް ކަނޑައެޅި ދަޢުވާތައް ވަނީ ސާބިތުނުވާ ކަމަށް ކަނޑައަޅާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށްޚަބަރު | 2 ގަޑިއިރު ކުރިންސިނގިރޭޓް ބޮޑުވައްކަމުގެ މައްސަލާގައި 10 މީހަކަށް ދައުވާކޮށްފިޚަބަރު | 13 ދުވަސް ކުރިންސިނގިރޭޓް ކޮންޓެއިނަރު ވަގަށްނެގި މައްސަލަ: އާއްޓޭއާއި ދިގަލި ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި ޚަބަރު | 17 ދުވަސް ކުރިންރައުދަށް 27 ދުވަހުގެ ހުކުމެއް، ޖަލަށް ދާކަށް ނުޖެހޭނެ ޚަބަރު | މަހެއް ކުރިން