logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެއިން ބިން ލިބުނު ކަމުގެ ލިޔުން އުފެއްދި 12 މީހަކަށް ދަޢުވާކުރަނީ

ޒިދާން މުޙައްމަދު
1 މާރިޗު 2026 - 11:24
ހުޅުމާލެއިން ބިން ލިބުނު ކަމުގެ ލިޔުން އުފެއްދި 12 މީހަކަށް ދަޢުވާކުރަނީ

ހުޅުމާލެއިން ގޯތި ލިބުނު ކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުންތަކެއް އުފައްދައި، ހުށައެޅި މައްސަލައެއްގައި 12 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީގެ އޮފީހުން ބުނީ ، "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ މީހުން ގޯތި ލިބުނު ކަމަށް ދައްކައި، ޞައްޙަނޫން ލިޔެކިޔުން ހަދައިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެތެރޭގައި 3 ބާވަތެއްގެ ދަޢުވާ ކުރުމަށް ހިމަނާފައިވެއެވެ.

ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ:

Ad by Hajj Corporation

Ad by Hajj Corporation

1. ގ. ޕޫލްބަހާރުއާގެ، އަޙްމަދު ޢަތީޤް ޢަބްދުالله
2. 2. ނ. ވެލިދޫ، ޑޭޒީމާގެ އަޙްމަދު މާޒިން

މި މީހުންގެ މައްޗަށް ދަޢުވާ ކޮށްފައި ވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތް ކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނެ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީއެވެ.

ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ:

މ. ފަޅުމަތީގެ، އަރުޝަދު ޢަލީ

އޭނާގެ މައްޗަށް ކުރަނީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުން ދިޔަ، ނ. ވެލިދޫ، ޑޭޒީމާގެ، އަޙްމަދު މާޒިންއާ ބައިވެރިވެގެން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިން ކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުތަކެއް އުފައްދާފައިވާތީއެވެ.

އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާ:


1. ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ
2. މ. ޒޭވަރު، މުޙައްމަދު ފަޟީލް ރަޝީދު
3. ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު
4. ދަފްތަރު. ނަންބަރު ރސ 9044، ޢާއިޝަތު މަޢުރޫފާ
5. ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުޙައްމަދު އާދަމް
6. ހއ. ދިއްދޫ، ޖަމީލާ، ޢަބްދުލްމަޖީދު މާހިރު
7. މ. ވެސްޓްކޯސްޓް، ޙުސައިން ޒާހިރު ޒައިނު
8. މ. ފަޅުމަތީގެ، އަޝްހަދު ޢަލީ
9. މ. ފަޅުމަތީގެ، އަޙްމަދު ޢަލީ

މި 9 މީހުންގެ މައްޗަށް ކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން، އެ ގޯތީގެ ސައްޙަނޫން އެއްބަސްވުމާއި، ސައްޙަނޫން ރަޖިސްޓްރީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންއަށް ހުށަހަޅާފައިވާތީއެވެ.

ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ޕީޖީއިން ވިދާޅުވިއެވެ. އެ މައްސަލައިގެ ތަޙުޤީޤު ނިމުމުން ދަޢުވާ ކުރުމާމެދު ޕީޖީއިން ގޮތެއް ނިންމާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެއިން ބިން ލިބުނު ކަމުގެ ލިޔުން އުފެއްދި 12 މީހަކަށް ދަޢުވާކުރަނީޚަބަރު | 2 ގަޑިއިރު ކުރިންގޯތީގެ މައްސަލަ ހައްލުކުރުމަށް ދައުރު ނިމެންދެން މަޑެއް ނުކުރާނަން: ރައީސްޚަބަރު | 2 މަސް ކުރިންސަނީ ޢުމަރުގެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބިއްޖެ: ފުލުހުންޚަބަރު | 2 މަސް ކުރިންޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށްޚަބަރު | 2 މަސް ކުރިން