logo
Bank of Maldives

Bank of Maldives

ޚަބަރު

ސަނީ ޢުމަރުގެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބިއްޖެ: ފުލުހުން

އިސްމާޢިލް ރާތިޢު
30 ޑިސެމްބަރު 2025 - 10:44
ފޮޓޯ/ އަޙްމަދު އަޝްރަފް (ޝުމްބާ ގޮންގް)
ފޮޓޯ/ އަޙްމަދު އަޝްރަފް (ޝުމްބާ ގޮންގް)

ޖިންސީ ގޯނާގެ ކުށުގެ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ، މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުނު ޑރ. ހުސައިން ސަނީ އުމަރުގެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސަނީ އުމަރުގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އުފުލާފައިވަނީ، އޭނާގެ ފަރާތުން އަނިޔާލިބުނު ކުދިންގެ އާއިލާތަކުގެ ފަރާތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމައްސަަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ ދަށުން އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިމަހުގެ ތިންވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ދަށުންނެވެ.

މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމުން، ސަނީ ހައްޔަރުކުރުމަށްފަހު ފުލުހުން އެންމެ ފުރަތަމަ އޭނާ ދޫކޮށްލިއެވެ. ނަމަވެސް އޭގެފަހުން ރާއްޖެ ދޫކޮށް ފިލައިގެންދާން އުޅުމުން އޭނާވަނީ އަލުން ހައްޔަރުކޮށްފައެވެ.

ބައެއް މަސްދަރުތަކުން ހާމަކުރާ ގޮތުގައި ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރޭގައި އަންހެން ކުއްޖަކާއި 18 އަހަރުން ދަށުގެ ދެ ފިރިހެން ކުދިން ހިމެނޭކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ.

މައްސަލައިގެ ތަހުގީގަށް، ސަނީ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން މިއަދު ވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކަށް ކުރިއެރުން ލިބެމުން އަންނަކަން ހާމަކޮށްފައެވެ.

މިމަހުގެ ތިންވަނަ ދުވަހު ފުލުހުން ހޯދާފައިވާ ސަނީގެ ބަންދުގެ އަމުރު، އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހަށް ހަމަވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިޚަބަރު | 7 ގަޑިއިރު ކުރިންބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާ އާއި ރާއްޖެއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | ދުވަހެއް ކުރިންކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ފިލައިގެން ރާއްޖެއިން ބޭރުގައި، ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިޚަބަރު | ދުވަހެއް ކުރިން