logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ: މިނިސްޓަރ ޝަހީމް

ޒިދާން މުޙައްމަދު
29 ޑިސެމްބަރު 2025 - 04:09
އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ: މިނިސްޓަރ ޝަހީމް

އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފައްދަން މި ސަރުކާރުން ދަނީ، ވަރަށް ޚާއްޞަ އަހައްމިއްތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތުދަސްކޮށް ނިންމައި، އިމްތިހާން ހަދާފައިވާ ކަމަށެވެ. އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާ ކަމަށާއި، 1 ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށެވެ.

ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ކޮށްގެން ބާއްވާ ޙަފްލާ ރޯދަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް މިއަހަރުގެ މާރޗު މަހު ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ، ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ، މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސްވެސް ބޮޑުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްޖިދުލް ބަރުބަރީ ރަމަޟާންމަހުގެ ކުރިން ހުޅުވަނީޚަބަރު | މަހެއް ކުރިންއަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ: މިނިސްޓަރ ޝަހީމްޚަބަރު | 2 މަސް ކުރިންކުރިއަށް އޮތް 6 މަސްތެރޭ ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ: ވަޒީރު ޝަހީމްޚަބަރު | 2 މަސް ކުރިންފޭސް ދެއެއްގައި ބިނާކުރި ޗާލު މިސްކިތް ހުޅުވުން ހުކުރު ދުވަހުޚަބަރު | 2 މަސް ކުރިން