logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެޓަލާންޓާ ބަލިކޮށް އިންޓަރ މިލާން ސެރީއާ ތާވަލުގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
29 ޑިސެމްބަރު 2025 - 05:04
އެޓަލާންޓާ ބަލިކޮށް އިންޓަރ މިލާން ސެރީއާ ތާވަލުގެ އެއްވަނައަށް

އިޓަލީގެ ސެރީ އޭގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، އިންޓަ މިލާނުން ތާވަލުގެ އެއްވަނަ މަގާމަށް އަލުން ޖެހިލައިފިއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ މެދުތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލައުޓާރޯ މާޓީނޭޒްއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޓަ މިލާނުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ލަނޑު ޖަހާނެ ސާފު ފުރުސަތުތަކެއް އުފެއްދުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެގޮތުން އެލެސަންދްރޯ ބަސްޓޯނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިކޯލޯ ބަރެއްލާއަށް ލިބުނު ބޯޅަ އޭނާ ވަނީ ބޭކާރުކޮށްލާފައެވެ. މީގެ އިތުރުން މާކަސް ތުރާމް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު އެ ލަނޑު ބަލައިނުގަންނަން ނިންމީ މާޓީނޭޒް އޮފްސައިޑްގައި ހުރުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން އެޓަލާންޓާގެ ޗާލްސް ޑި ކެޓެލަރޭ ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑުވެސް ވަނީ އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަނެފައެވެ. އިންޓަ މިލާނުން މެޗުގެ ކުރި ހޯދީ 65 ވަނަ މިނެޓުގައެވެ. މިއީ އެޓަލާންޓާގެ ބެރަޓް ޖިމްސިޓީ ހެދި ގޯހެއްގެ ފައިދާ ނަގައި، ބަދަލު ކުޅުންތެރިޔާ ޕިއޯ އެސްޕޮސިޓޯ ދިން ބޯޅައަކުން މާޓީނޭޒް ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު އިންޓަ މިލާނުން 2026 ވަނަ އަހަރާ ކުރިމަތިލާނީ ތާވަލުގެ އެއްވަނައިގައި އެއް ޕޮއިންޓުގެ ލީޑަކާއެކުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު އިންޓަމިލާން އާދައިގެ ޓީމެއްއަތުން ބަލިވެ، ޗެންޕިއަންސް ލީގުން ކުޓުމާއި ގާތަށްކުޅިވަރު | 44 މިނިޓު ކުރިންވަރުގަދަ އިންޓަމިލާން ބަލިކޮށް އާސެނަލް އިން ޔޫރަޕުގެ ހަމައެކަނި ބަލިނުވާ ޓީމުގެ ރެކޯޑް ކުރިޔަށްކުޅިވަރު | މަހެއް ކުރިންއެޓަލާންޓާ ބަލިކޮށް އިންޓަރ މިލާން ސެރީއާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 2 މަސް ކުރިންއިންޓަރ މިލާނާއި މޮންޓެރޭ ދެވަނަ ބުރަށްކުޅިވަރު | 8 މަސް ކުރިން