އިންޓަރ މިލާނާއި މޮންޓެރޭ ދެވަނަ ބުރަށް

އީންޓަރ މިލާނާއި މޮންޓެރޭ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ސުޕަރ ސްޕޯރޓްސް

26 ޖޫން 2025 - 04:50
މިހާރު އެމެރިކާގައި ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އީގެ މެޗުތަކުން މޮޅުވެ، އިންޓަރ މިލާން އާއި މޮންޓެރޭ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އިންޓަރ މިލާން ވަނީ ރިވަރ ޕްލޭޓް އާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެފައިވާއިރު، މޮންޓެރޭ ވަނީ އުރާވާ ރެޑް ޑައިމަންޑްސް އާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިން މޮޅުވެފައެވެ.
އިންޓަރ މިލާން އާއި އާރޖެންޓީނާގެ ގަދަބާރު ރިވަރޕްލޭޓް ވާދަކުރިމެޗުގައި އިންޓަރގެ ގޯލުތައް ފެންނަންފެށީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ރިވަރޕްލޭޓް ގެ ލޫކަސް މާޓީނޭޒް އަށް ރަށްޚާޑު ދެއްކުމަށްފަހުގައެވެ. އިންޓަރ ގެ ފުރަތަމަ ގޯލު ޖެހީ ފްރަންޗެސްކޯ އެސްޕޮސިޓޯއެވެ. އަދި މެޗުގެ އިންޖުރީ ޓައިމްގައި އެލެސާންޑްރޯ ބަސްޓޯނީ ވަނީ އިންޓަރގެ ދެވަނަ ގޯލު ޖަހާފައެވެ.
މޮންޓެރޭ ޖަޕާނުގެ އުރަވާ ރެޑް ޑައިމަންސް އާއި ވާދަކުރި މެޗުގައި ފުރަތަމަ ގޯލު ޖެހީ ނެލްސަން ޑިއޯސާއެވެ. އޭނާ 35 ޔާޑުން ޖެހި ވަރުގަދަ ޝޮޓަކުން އުރާވާގެ ގޯލްކީޕަރު ޝުސަކު ނިޝިކާވާއަށް ސަލާމަތް ނުކުރެވުނެވެ. އޭގެ 4 މިނެޓް ފަހުން ޖާމަން ބަޓެރާމެ ވަނީ ދެވަނަ ގޯލު ޖަހާފައެވެ. އަދި 38 ވަނަ މިނެޓްގައި ޖެސަސް ކޮރޯނާ ވަނީ ދުރުން ހެދި ވަރުގަދަ ޝޮޓަކުން ތިންވަނަ ގޯލު ޖަހާފައެވެ. މެޗުގެ ހަތަރުވަނަ ގޯލު ޖެހީ އިންޖުރީ ޓައިމްގައި ބަޓެރާމެއެވެ.
މި ނަތީޖާތަކާ އެކު އިންޓަރ މިލާން ވަނީ ގްރޫޕް އީގެ އެއްވަނަ ހޯދައި ގަދަ 16 އަށް ދަތުުރކޮށްފައެވެ. ގަދަ 16 ގައި އިންޓަރ ފްލޫމިނޭސް އާއި ވާދަކުރާއިރު، މިގްރޫޕްގެ ދެވަނަ ލިބުނު މޮންޓެރޭ ގަދަ 16 ގައި ވާދަކުރާނީ ބްރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށެވެ.
އިތުރު ލިޔުންތައް

އިންޓަރ މިލާން އިން މެންޗެސްޓަރ ސިޓީ މޮޅުވިޔަ ނުދިން
9 މަސް ކުރިން
ފީފާއިންހޮވާ އެންމެ މޮޅުކުޅުންތެރިންގެ ލިސްޓުގައި ލައުޓާރޯ ނެތުމުން އިންޓަރގެ ރައީސް ރުޅިގަދަވެއްޖެ
7 މަސް ކުރިން
ޑެންޒެލް ޑަމްފްރީސްގެ ދެ ލަނޑުން އިންޓަރ މިލާން ސުޕަރކޯޕާ އިޓާލިއާނާގެ ފައިނަލަށް
6 މަސް ކުރިން