logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް ދުވާލަކު 7،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރޭ

އާމިނަތު ޝަފާ
29 ޑިސެމްބަރު 2025 - 11:00
ރާއްޖެއަށް ދުވާލަކު 7،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރޭ

އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް 7000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.


ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު މިއަހަރު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން  ޒިޔާރަތްކޮށްފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ޖުމްލަ 9،903 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ހުކުރު ދުވަހު ރާއްޖެއަށް 8368 ފަތުރުވެރިން އަދި ހޮނިހިރު ދުވަހު ރާއްޖެއަށް 9584 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަން ހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިސާބުތަކަށް ބަލާއިރު މިއަހަރުވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް އަހަރުގެ މިހާތަނަށް 328,876 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައިގައި އޮތް ރަޝިޔާއިން 274,246 ފަތުރުވެރިން، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 200,484 ފަތުރުވެރިން މި މުއްދަތުގައި ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން އައިސްފައިވާއިރު، 2 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކުރިޚަބަރު | 18 ދުވަސް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ އައު ރެކޯޑެއް: އެއް ދުވަހާ 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްޚަބަރު | މަހެއް ކުރިންމިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން!ޚަބަރު | މަހެއް ކުރިން