logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްތުވާތަކެއްޗާއެކު ދުވާފަރުން ތިން މީހަކު ހައްޔަރުކޮށްފި

އިސްމާޢިލް ރާތިޢު
29 ޑިސެމްބަރު 2025 - 15:51
މަސްތުވާތަކެއްޗާއެކު ދުވާފަރުން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދަފްތަރު ނަންބަރު 0098، މުހައްމަދު އަލީ (39އ) އާއި ރ.ދުވާފަރު / އުޖާލާއަލި، އިސްމާއީލް ޝައުފާން އަލީ (28އ) އާއި ގއ. ގެމަނަފުށި / ނިއުލައިޓް، ނަޛީޙު ޙިލްމީ (32އ) އެވެ. މި ތިންމީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންްގުޅެ އެތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް ޝައުފާން ޢަލީ (28އ) ފަސް ދުވަހަށް ބަންދުކުރުމަށް އަދި ދެންތިބި ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ގެސްޓު ހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއްޚަބަރު | 2 ގަޑިއިރު ކުރިންމަސްތުވާތަކެއްޗާއެކު ދުވާފަރުން ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންބަނގުރާ ފުޅިއަކީ ހަދިޔާއަކަށް ލިބުނު އެއްޗެއް ކަމަށް ކޯޓުގައި ބުނެފިޚަބަރު | 7 ގަޑިއިރު ކުރިންކުއްލި ހާލަތްތަކުގައި އެހީވުމާ ބެހޭ އެމްއޯޔޫއެއްގައި ފުލުހުންނާއި އެމްއޭސީއެލުން ސޮއިކޮށްފިޚަބަރު | 7 ގަޑިއިރު ކުރިން