logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ގެސްޓު ހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

އިސްމާޢިލް ރާތިޢު
29 ޑިސެމްބަރު 2025 - 16:00
ހުޅުމާލެ ގެސްޓު ހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ހުޅުމާލޭ ގެސްޓުހައުސް ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޑިސެމްބަރު 29 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިސްޓް ޕޮލިހާއި ނެއިބަރހުޑް ޕޮލިސް ގުޅިގެންނެވެ. މި ޕްރޮގްރާމަކީ ހުޅުމާލޭގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން ބީޗުގައި އުޅޭ އުޅުން ހުއްޓުވުމަށް ގެސްޓުހައުސް ތަކުގެ ވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation


މި ޕްރޮގްރާމްގައި، ފަތުރުވެރިން ބިކިނީ ލައިގެން މޫދަށް އެރުމާއި ބީޗުގައި ހަރަކާތްތެރިވުން އިތުރުވަމުން އަންނާތީ، އެކަން އެގޮތަށް ނުކުރުމަށް ފަތުރުވެރިންނަށް މައުލޫމާތު ދިނުމަށާއި، ބީޗުގައި އުޅޭއިރު އަގުބޮޑެތި މުދަލަށް ސަމާލުވުމަށް ފަތުރުވެރިންނަށް އަންގައިދިނުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން، މިދުވަސްވަރަކީ ހައި ސީޒަންއަށް ވުމާއެކު ބުކިންގ މައްސަލަތަކުން ސަލާމަތްވުމަށް ފަތުރުވެރިންނަށް ރަނގަޅު އިރުޝާދު ދިނުމަށާއި، ޕޭމަންޓާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ދުރާލައި ކުރުމަށާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ގެސްޓު ހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއްޚަބަރު | 2 ގަޑިއިރު ކުރިންމަސްތުވާތަކެއްޗާއެކު ދުވާފަރުން ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމަޓާޓޯ އިން 2026 ވަނަ އަހަރުގެ "ދި މޯލްޑިވްސް ފައިންޑަރ" މަޖައްލާގެ މީޑިއާ ކިޓް ތަޢާރަފްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންކުއްލި ހާލަތްތަކުގައި އެހީވުމާ ބެހޭ އެމްއޯޔޫއެއްގައި ފުލުހުންނާއި އެމްއޭސީއެލުން ސޮއިކޮށްފިޚަބަރު | 7 ގަޑިއިރު ކުރިން