ދެބެން ތަޅައިގަނެ އެކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި
29 ޑިސެމްބަރު 2025 - 18:40

މާލޭގައި ދެބެންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Ad by Hajj Corporation
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގެ ގެއެއްގެ ތެރޭގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ އިރުއޮއްސި 18:42 އެހާއިރު ކަމަށެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާއަކީ މި ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.
އަނިޔާވި މީހާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ދެބެންގެ ދެމެދުގައި މިފަދަ ނުރައްކާތެރި މާރާމާރީއެއް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.


