logo
Bank of Maldives

Bank of Maldives

ޚަބަރު

ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕީޖީއަށް ފޮނުވައިފި

ޢައްފާން މުޙައްމަދު
30 ޑިސެމްބަރު 2025 - 07:33
ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕީޖީއަށް ފޮނުވައިފި

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މިހާތަނަށް ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މައުލޫމާތުދިން ގޮތުގައި، މި ގާނޫނުގެ ދަށުން ހަތް މައްސަލައެއްގައި 11 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު މި ގާނޫނުގެ ދަށުން 6 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން އިތުރަށް ބުނީ، މި ގާނޫނުގެ ދަށުން ދެ މައްސަލައެއްގައި ދައުވާ ކުރަން މިހާރު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި ގޭންގް ކަނޑައެޅުމުގެ މައްސަލައެއް ވެސް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ގޭންގު ކުށްތަކާ ގުޅޭ ޤާނޫނު ވުޖޫދުވުމާ ގުޅިގެން އެ ޤާނޫނުގައި އެކި ކުށްތައް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ގޭންގް ކްރައިމް އިންވެސްޓިގޭޝަން ހިންގުމާ ހަވާލުވެ ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، މީގެތެރޭގައި ގޭންގު ކަނޑައެޅުން ހިމެނޭއިރު ޤާނޫނުގައި ގޭންގެއް ކަނޑައެޅުމުގެ މަރުހަލާތަކެއްވާ ކަމަށާއި، ކޮމިޝަނަރ އޮފް ޕޮލިސް އެންޑޯސް ކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ގޭންގު ކަނޑައެޅުމަށް ހުށަހެޅުއްވުމުން އެ އޮފީހުން ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

އަދި ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ގޭންގު ކަނޑައަޅާނީ އެ ކޯޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހެވެ. އަދި އަމަލުކުރަން ފެށީ އޮގަސްޓުގައެވެ.

މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރޭގައި، ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރާއި، ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ހިމެނެއެވެ.

މީގެ އިތުރުން، ބޮޑު ކުށެއްގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން ވެސް ގާނޫނުގައި ހިމަނައިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕީޖީއަށް ފޮނުވައިފިޚަބަރު | 2 ގަޑިއިރު ކުރިންދެބެން ތަޅައިގަނެ އެކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 15 ގަޑިއިރު ކުރިންހުޅުމާލެ ގެސްޓު ހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއްޚަބަރު | 18 ގަޑިއިރު ކުރިންމަސްތުވާތަކެއްޗާއެކު ދުވާފަރުން ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 18 ގަޑިއިރު ކުރިން