logo
Bank of Maldives

Bank of Maldives

ޚަބަރު

ފައްތާހު ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

އިސްމާޢިލް ރާތިޢު
31 ޑިސެމްބަރު 2025 - 04:50
ފައްތާހު ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓުކުރުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ހާސިލުކުރައްވާފައިވާ ޑައިރެކްޓަރު، ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް ނިޔާވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފައްތާޙުގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މަރުޙޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާ، މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުން އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފައްތާހު ނިޔާވީ އުމުރުން 54 އަހަރުގައެވެ. އޭނާއަށް ވަނީ 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ. އަދި 2007 ވަނަ އަހަރު މިއަދު ކްރިސްޓަލް އެވޯޑުގެ ބެސްޓް އެޑިޓިން އަދި ބެސްޓް ޑަައިރެކްޓަރުގެ އެވޯޑު ވަނީ ނިބިފައެވެ. އޭނާ ވަނީ 4 ވަނަ ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ސްކްރީން ޕްލޭ ބެސްޓް އާޓް ޑިރެކްޝަން އަދި ބެސްޓް މޭކަޕް ހޯދާފައެވެ.

މީގެ އިތުރުން 2010 ވަނަ އަހަރު މޯލްޑިވަސް ވީޑިއޯ މިއުޒިކް އެވޯޑްސްގައި ބެސްޓް ވީޑިއޯ ސޯންގްސް އެވޯޑުވެސް ފައްތާހުއަށް ލިބިފައިވެއެވެ. 2012 ވަނަ އަހަރު ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ޑިރެކްޓަރ، ބެސްޓްއެޑިޓިން، ބެސްޓް ކްރިއޯގްރަފީ، 2015ވަނަ އަހަރު ޤައުމީ ފިލްމު އެވޯޑްސްގައި ބެސްޓް ޑައިރެކްޓަރ، ބެސްޓް އެޑިޓިން، ބެސްޓް އާޓް ޑިރެކްޝަން، ބެސްޓް ކްރިއޯ ގްރަފީ ހޭދާފައިވެއެވެ.

ފައްތާހުގެ ކެރިއަރުގެ އެންމެ ފަހު ފިލްމު އެވޯޑްސް ކަމަށްވާ، 9 ވަނަ ޤައުމީ ފިލްމު އެވޯޑްސްގައި 2019 ވަނަ އަހަރު ވަނީ އޭނާ އެންމެ ފަހުން ހެދި ފިލްމު "ހައްދު" އިން ބެސްޓް ޑައިރެކްޓަރ އަދި ބެސްޓް އާޓް ޑައިރެކްޓަރ ލިބިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައްތާހު ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 3 ގަޑިއިރު ކުރިންބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާގައި މަތީ ތައުލީމާބެހޭ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ޚަބަރު | 13 ގަޑިއިރު ކުރިންއެސްއެމްއީތަކަށް ހެޔޮއަގެއްގައި މުދާ ރައްކާކުރެވޭ ގުދަންތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 15 ގަޑިއިރު ކުރިންމީޑިއާތަކަށް ފައިސާ ދޫކުރުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ: މިނިސްޓަރ އިބްރާހިމް ވަހީދުޚަބަރު | 21 ގަޑިއިރު ކުރިން