logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޯންމައުތްއާއި އެއްވަރުވެ ޗެލްސީއަށް ގަދަ ހަތަރަކުން ޖާގަ ގެއްލިއްޖެ

އަބްދުﷲ ޣާނިމް
31 ޑިސެމްބަރު 2025 - 03:45
ބޯންމައުތްއާއި އެއްވަރުވެ ޗެލްސީއަށް ގަދަ ހަތަރަކުން ޖާގަ ގެއްލިއްޖެ

ޕްރިމިއާ ލީގުގައި ރޭ ބޯންމައުތާ ދެކޮޅަށް ޗެލްސީ ކުޅުނު ފޯރިގަދަ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީއަށް ބޮޑު ހުރަހަކާ ކުރިމަތިވެއްޖެއެވެ. ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މެޗުގެ ކުރީކޮޅު ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ބޯންމައުތުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ސެމެންޔޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޑޭވިޑް ބްރޫކްސްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޯންމައުތުން ލީޑު ނެގިތާ ނުވަ މިނިޓު ފަހުން ޗެލްސީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ. އޭގެ ފަހުން މެޗުގެ 23 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ލަނޑެއް ޖަހައި ޗެލްސީއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނެވެ. ނަމަވެސް ޗެލްސީއަށް މި ލީޑު ހިފަހައްޓާލެވުނީ އެންމެ ހަތަރު މިނިޓުވަންދެނެވެ. ބޯންމައުތުގެ ޖަސްޓިން ކްލައިވަޓް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީން މެޗުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އެންޒޯ ފެނާންޑޭޒްއަށް މެޗުން މޮޅުވާނެ ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް، އޭރިޔާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި ނަތީޖާއާއެކު ތާވަލުގެ ތިންވަނައިގައި އޮތް އެސްޓަން ވިލާއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ޗެލްސީއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މިހާތަނަށް ކުޅުނު 19 މެޗުން ލިބުނު 30 ޕޮއިންޓާއެކު ޗެލްސީ ވަނީ ލީގުގެ ގަދަ ހަތަރަކުން ފަސްވަނައަށް ވެއްޓިފައެވެ. އަދި ބޯންމައުތު އޮތީ 23 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯންމައުތްއާއި އެއްވަރުވެ ޗެލްސީއަށް ގަދަ ހަތަރަކުން ޖާގަ ގެއްލިއްޖެކުޅިވަރު | 4 ގަޑިއިރު ކުރިންޗެލްސީ ބަލިކޮށް އެސްޓަންވިލާއިން ޖެހިޖެހިގެން 11 ވަނަ މޮޅުކުޅިވަރު | 3 ދުވަސް ކުރިންނިއުކާސަލް ޔުނައިޑެޑާއި ޗެލްސީ ވާދަކުރި މެޗު ހަމަހަމަކުޅިވަރު | 11 ދުވަސް ކުރިންކާޑިފް ބަލިކޮށް އީއެފްއެލްކަޕްގެ ސެމީފައިނަލަށް ޗެލްސީ ދަތުުރުކޮށްފިކުޅިވަރު | 14 ދުވަސް ކުރިން