logo
Bank of Maldives

Bank of Maldives

ޚަބަރު

ބަނގުރަލުގެ މައްސަލައެއްގައި އިންޑިއާގެ 5 މީހަކު ހައްޔަރުކޮށްފި

އައިޝަތު ނަޝާ
31 ޑިސެމްބަރު 2025 - 10:39
ބަނގުރަލުގެ މައްސަލައެއްގައި އިންޑިއާގެ 5 މީހަކު ހައްޔަރުކޮށްފި

ބަނގުރާ ކައްކައި، އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ޑުރަގު އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ މައްޗަންގޮޅި އަވަށުގައި ހުރި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ގޭގައި ބަނގުރާ އުފައްދައި އެ ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ، 37 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 53 އަހަރުގެ މީހެކެވެ.

އެ ގެ ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް، ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.\

އަދި އެ މީހުން އަނބުރާ ފޮނުވާލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.

މިއީ ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި މި ހަފުތާގައި ބިދޭސީންތަކެއް ހައްޔަރުކުރި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މާލޭގައި ބަނގުރާ ގެންގުޅެ، ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުގައި ނޭޕާލުގެ ހަ މީހުން ހައްޔަރުކޮށް އެ މީހުން ޑީޕޯޓުކުރަން ނިންމައިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަނގުރަލުގެ މައްސަލައެއްގައި އިންޑިއާގެ 5 މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންސަނީ ޢުމަރުގެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބިއްޖެ: ފުލުހުންޚަބަރު | ދުވަހެއް ކުރިންގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕީޖީއަށް ފޮނުވައިފިޚަބަރު | ދުވަހެއް ކުރިންދެބެން ތަޅައިގަނެ އެކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 2 ދުވަސް ކުރިން