logo
Bank of Maldives

Bank of Maldives

ޚަބަރު

މިރޭ ހުޅުމާލޭގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަންއެއް

އައިޝަތު ނަޝާ
31 ޑިސެމްބަރު 2025 - 17:39
މިރޭ ހުޅުމާލޭގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަންއެއް

އައު އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހުޅުމާލޭ ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި މި އޮޕަރޭޝަން ފަށާފައިވަނީ މިރޭ 19:00 އިން ފެށިގެންނެވެ.

މިރޭގެ ހަރަކާތްތަކުގެ ތެރެއިން ގިނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މި މުނާސަބަތާ ގުޅިގެން އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލެއަށް ޒިޔާރަތްކުރާނެތީއާއި، މަގުތަކުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭތީ، މި އޮޕަރޭޝަން ކުރިއަށްގެންދަނީ މިހާރު ފުލުހުން ހިންގަމުންދާ "ރިވެލި" އޮޕަރޭޝަންގެ ތެރެއިންނެވެ.

ފުލުހުން ވަނީ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 



މިފަދަ ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް ބާއްވާ ފެސްޓިވަލްތަކާއި ހަރަކާތްތަކުގައި އާންމުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ހާއްސަ އޮޕަރޭޝަންތައް ރާވައި ހިންގަމުންދާކަން ފާހަގަކުރެވެއެވެ/

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިރޭ ހުޅުމާލޭގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަންއެއްޚަބަރު | 2 ގަޑިއިރު ކުރިންބަނގުރަލުގެ މައްސަލައެއްގައި އިންޑިއާގެ 5 މީހަކު ހައްޔަރުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންސަނީ ޢުމަރުގެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބިއްޖެ: ފުލުހުންޚަބަރު | ދުވަހެއް ކުރިންގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕީޖީއަށް ފޮނުވައިފިޚަބަރު | 2 ދުވަސް ކުރިން